ލަނޑުޖެހުމަށްފަހު އެތްލެޓިކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ..
ކުޅިވަރު
15 Apr 2026 | 11:26
ބާސެލޯނާ ބަލިކޮށް ވާދަވެރި އެތްލެޓިކޯ މެޑްރިޑް، ޗެމްޕިއަންސްލީގް ސެމީއަށް

ވާދަވެރި ބާސެލޯނާ ބަލިކުރުމަށްފަހު ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އެތްލެޓިކޯ މެޑްރިޑް ހޯދައިފިއެވެ.

މުބާރާތުގެ ސެމީގެ ޖާގަ އެތްލެޓިކޯއިން ކަށަވަރުކޮށްފައިވަނީ ރޭ ދެވަނަ ލެގްގައި ކުޅުނުމެޗް 2-1 ގެ ނަތީޖާއިން ބަލިވިނަމަވެސް، ފުރަތަމަ ލެގްގެ މެޗް 2-0 ގެ ނަތީޖާއިން އެތްލެޓިކޯ ކާމިޔާބުކޮށްފައިވުމުން ދެމެޗްގެ އެގްރިގޭޓް ނަތީޖާ 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނުމެޗްގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ބާސެލޯނާއެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، މެޗް ފަށައިގެން ހަތަރުވަނަ މިނެޓް ތެރޭގައި ޔަމާލްއެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ފެނާންޑޯ ޓޯރެޒް އެވެ. މިމެޗްގައި ޓޯރެޒް ވަނީ ދެވަނަ ހާފްގައި އިތުރު ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޯފްސައިޑް ލަނޑެއްގެ ގޮތުގައި ނިންމާފައެވެ.

އެތްލެޓިކޯއަށް ޗެމްޕިއަންސްލީގް ޖާގަ ކަށަވަރުކޮށްދިނީ 31 ވަނަ މިނެޓް ތެރޭގައި ލޫކްމޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއޭގޯ ސިމިއޯނީ ވަނީ އެތްލެޓިކޯގެ ކުޅުންތެރިންނަށް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. ޓީމްގެ މިހާރު އަމާޒަކީ ސެމީފައިނަލުގައިވެސް މިހާތަނަށް ދެއްކި ފަދަ ރީތިކުޅުމެއް ދައްކައި ފައިނަލަށް ދިއުންކަމަށް ސިިމިއޯނީ ބުންޏެވެ.

ޗެމްޕިއަންސްލީގް ސެމީފައިނަލުގައި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރަންޖެހޭ ޓީމެއް ޔަގީންވާނީ، މިރޭ އާސެނަލް އާއި ސްޕޯޓިން ބައްދަލުކުރާ މެޗަށްފަހުއެވެ. ފުރަތަމަ ލެގްގައި މި ދެޓީމް ކުޅުނުމެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.