އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް.. ފޮޓޯ: އޭއެސްއެމް
ހަބަރު
16 Apr 2026 | 13:33
ގދ.ތިނަދޫގައި ނަފްސާނީ މައްސަލަތައް އިތުރުވެ، ކްލިނިކެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

ގދ.ތިނަދޫގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާ ނަފްސާނީ މައްސަލަތަކަށް ފަރުވާދޭ ކްލިނިކްގެ ހިދުމަތް މިއަހަރު ފެށުމަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވަނީ މިކަން މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާ ކުރައްވާފައެވެ. އަޝްރަފް ވިދާޅުވީ، ހުވަދު އަތޮޅުގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަންޖެހޭ އާއިލާތައް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. ވަކިން ހާއްސަ ގޮތެއްގައި ވެރިރަށް ތިނަދޫގައި ނަފްސާނީ މައްސަލަތައް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުކަން އަޝްރަފް ވިދާޅުވިއެވެ. 

ރަސްމީކޮށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި ތިނަދޫގައި އެލާމިން ލެވެލްގައި ނަފްސާނީ މައްސަލަތައް އިތުރުވެފައިވާކަމަށް ދައްކާއިރު، ސަރުކާރުން ވަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަފްސާނީ މީހުންނަށް ފަރުވާދޭ ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ.

އަޝްރަފް ވިދާޅުވީ ނަފްސާނީ މީހުންނަށް ފަރުވާދޭ ޔުނިޓް މިއަހަރުގެ ތެރޭގައި ހުޅުވައި ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ޔުނިޓްގެ މަސައްކަތް ފަށާއިރު އެކަމަށް ބޭނުންވާ ޑޮކްޓަރުންނާއި އެނޫންވެސް ވަސީލަތްތައް ގާއިމްވެފައި ހުންނާނޭކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫގައި ނަފްސާނީ ފަރުވާދޭ ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށައި މިއަހަރު އެތަނުގެ ހިދުމަތްދިނުމަށް ތައްޔާރުވަމުންދާއިރު، ދާދި ފަހަކުން ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ރުޅިގަދަވެ ޓީޗަރަކަށް ހަމަލާދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލާގައި ދަރިވަރުގެ ހަމަލާ އަމާޒުވި ޓީޗަރަށް އަނިޔާވިއިރު ލިބުނު އަނިޔާއިން އަރައިގަތުމަށް ސާޖަރީއެއް ކުަރަން ޖެހޭަކަމަށްގ ޓީޗަރުގެ އާއިލާއިން ވަނީ ބުނެފައެވެ.

މި މައްސަލާގައި ތައުލީމީ ވުޒާރާއިން ބައެއް މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ހަމަލާދިން ދަރިވަރަކީ ރުޅިގަދަވުމުގެ މައްސަލަ ހުންނަ ދަރިވަރެކެވެ. އެ ދަރިވަރު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ