މީހަކު ފީނަނީ: ފޮޓީ/ ޓާކްއިޝް ލެބް
ހަބަރު
17 Apr 2026 | 08:39
ހުވަދު އަތޮޅުގެ ފަރުތައް ހޫނުވެ، މުރަކަތައް ހުދުވާން ފަށާފާނެ ކަމުގެ އިންޒާރު ދީފި

ރާއްޖޭގެ ކަނޑުތަކުގެ ލޮނުގަނޑު ހޫނުވެ، ހުވަދު އަތޮޅުގެ ފަރުތަކުން މުރަކަ ހުދުވުމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމަށް "ޓާޗުއިޝް ލެބް" އިން ހާމަކޮށްފިއެވެ.

ޓާޗުއިޝް ލެބުން ބުނީ، އެފަރާތުން ހިންގާ "ކޮރަލް ސްޕޯނިންގ ރެސްޓޮރޭޝަން އިނީޝިއޭޓިވް" ގެ ދަށުން ފާއިތުވި ހަފުތާތަކުގައި ހުވަދު އަތޮޅުގެ އެކި ސަރަހައްދުތަކަށް ކުރި ޑައިވްތަކުން ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތަކެއް ފެނިފައިވާ ކަމަށެވެ.

މި ދިރާސާތަކުން ދައްކާ ގޮތުގައި، ހުވަދު އަތޮޅުގެ 10 މީޓަރު ފުނުގައި ހުރި ފަރުތަކުގެ ފިނިހޫނުމިން އާންމުކޮށް ހުންނަނީ 29 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް، މިހާރު ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެ ފުންމިނުގައި ފިނިހޫނުމިން ހުރީ 31 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އާންމު މިންގަނޑަށް ވުރެ 2 ޑިގްރީގެ މަތީ މިންވަރެކެވެ.

މިކަމާ ގުޅޭގޮތުން ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ރޭގަނޑު ލޮނުގަނޑު ފިނިނުވުމަކީ މުރަކަތަކަށް ލިބޭ ބޮޑު ހީޓް ސްޓްރެސްއެކެވެ. މީގެ ސަބަބުން މުރަކަތައް ރިކަވާވާން ފުރުސަތެއް ނުލިބެއެވެ.

ދިރާސާ ކުރާ ޓީމުން ބުނި ގޮތުގައި، ލޮނުގަނޑަށް އައިސްފައިވާ މި ބަދަލު ފަރުތަކަށް ފީނާ މީހުންނަށް ވެސް އެކަން އިހްސާސްވެއެވެ.

"މިއީ ހަމައެކަނި ހިސާބު އަކުރުތަކަކުން ފެންނަ ބަދަލެއް ނޫން. ޑައިވް ކުރާއިރު ލޮނުގަނޑު ހޫނުކަން އިހުސާސްވޭ. ފަރުތަކުން އެ ދަނީ ސާފު މެސެޖެއް ދެމުން، އަޅުގަނޑުމެން އެ އަޑު އަހަންޖެހޭ،" ދިރާސާގައި ބައިވެރިވި ފީލްޑް ރިސާޗަރަކު ބުންޏެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ކަނޑުގެ ދިރުންތަކަށް މިކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާތީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ މިކަމަށް ސަމާލުވެ، ބައެއް މަޝްރޫޢުތައް ހުއްޓާލުމަށްވެސް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
03 Aug 2026
ކަޕްވިނާސް ކަޕްގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަން ނިކުންނާނީ ބުރާ ދެކޮޅަށް
ޗެމްޕިއަން ޓީމްތަކަށް ދައުވަތު ދީގެން ކުޅެވޭ މި މުބާރާތުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސްގެ އިތުރުން، އޮޑި ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް ކްލަބެވެ
03 Aug 2026
ލީޑްސް ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވެއްޖެ
އެމެރިކާގައި މިހާރު ކުރިއަށްދާ ޕްރިސީޒަން ދަތުރުގައި ކުޅުނު އެންމެ ފަހުމެޗްގައި ލިވަޕޫލްގެ މައްޗަށް ލީޑްސް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ