ހޮރްމޫޒް ކަނޑުއޮޅި
ދުނިޔެ
17 Apr 2026 | 20:55
ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލައިފި

ލުބުނާނަށް އިސްރާއީލުން ދެމުންގެންދިޔަ ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމާއެކު، އެ އެއްބަސްވެފައިވާ ސުލްހައިގެ މުއްދަތުގެ ތެރޭގައި، ހޮރްމޫޒް ކަނޑުއޮޅި މުދާ އުފުލާ ހުރިހާ އުޅަނދުތަކަށް އެއްކޮށް ހުޅުވާލާފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާނުގައި ގާއިމުކޮށްފައިވާ 10 ދުވަހުގެ ސުލްހައިގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުތަކަށް މަގު ހުޅުވާލާފައިވާ ކަމަށެވެ.

އަދި މި ދަތުރުތައް ކުރިއަށްދާނީ އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކުރިން ކަނޑައަޅާފައިވާ މަގުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިގްތިޞާދީ ތަޖުރިބާކާރުން ބުނާގޮތުން، އީރާނުގެ މި ނިންމުމަކީ މާކެޓަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި، މި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

އެގޮތުން ސާފުނުކުރާ ތެލުގެ އަގު %10.6 ދަށަށް ގޮސްފައިވާއިރު، އެސް އެންޑް ޕީ 500 ހަކަތައިގެ ދާއިރާ ވަނީ %4.5 އަށް ވެއްޓިފައެވެ. މީގެ އިތުރުން މަޝްހޫރު ތެޔޮ ކުންފުނިތައް ކަމަށްވާ އެކްސަން މޮބިލް އަދި ޝެވްރަންގެ ހިއްސާގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.