ހޮރްމުޒް ކަނޑުއޮޅިން އުޅަނދެއް ދަތުރުކުރަނީ-
ދުނިޔެ
17 Apr 2026 | 21:18
ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %13 ދަށަށް

ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް އެ ސަރަހައްދު ހުޅުވާލާފައިވާ ކަމަށް އީރާނުން މިއަދު އިއުލާނުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 13 އިންސައްތަ ދަށަށް ވެއްޓިއްޖެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ، ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ މުއްދަތުގައި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެން ދުވަހަކުވެސް އެ ކަނޑުއޮޅި ބަންދުނުކުރުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

މި ކުރިއެރުންތަކާއެކު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 12.95 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 86.52 ޑޮލަރަށް ވެއްޓިފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިއު.ޓީ.އައި) ކްރޫޑް ފިއުޗާސްގެ އަގު 13.50 ޑޮލަރު ނުވަތަ 14.26 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 81.19 ޑޮލަރަށް ތިރިވެފައެވެ. މިއީ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ފަހުން ތެލުގެ އަގު މިހާ ބޮޑަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

މެދުއިރުމަތީގެ މަސްރަހު ފިނިވަމުންދާކަމުގެ ނިޝާންތައް ފެންނަމުންދާއިރު، ރައީސް ޓްރަމްޕް ބުނީ އީރާނާއެކު އެއްބަސްވުމަކަށް އައުމާ ވަރަށް ގާތްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރަށް ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އީރާނުން ހުށަހަޅާފައިވާ ކަމަށްވެސް ޓްރަމްޕް ބުނެއެވެ. މީގެ އިތުރުން، ލުބުނާނަށް ބޮން އެޅުން ހުއްޓާލުމަށް އެމެރިކާއިން އިސްރާއީލަށް އަންގާފައިވާ ކަމަށްވެސް ރައީސް ޓްރަމްޕް ބުނެފައިވެއެވެ.

ނަމަވެސް، އެމެރިކާގެ އޮފިޝަލަކު ބުނީ ކަނޑުއޮޅި ހުޅުވާލި ނަމަވެސް، 10،000 އަށްވުރެ ގިނަ ސިފައިންނާއެކު އީރާނާ ދެކޮޅަށް އަސްކަރީގޮތުން އަޅާފައިވާ ހުރަސްތައް އަދިވެސް ދެމިއޮތް ކަމަށެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، ކަނޑުއޮޅި ހުޅުވާލުމަކީ ރަނގަޅު ފިޔަވަޅެއް ނަމަވެސް، ގަލްފުން ފުރާ އުޅަނދުފަހަރު ޔޫރަޕަށް ދިއުމަށް ގާތްގަނޑަކަށް 21 ދުވަސް ނަގާނެތީ، ޔޫރަޕްގެ ބާޒާރުގައި ތެލުގެ ދަތިކަން އަދި ކޮންމެވެސް ވަރަކަށް ދެމިއޮންނާނެއެވެ.

އަދި އީރާނުގެ ނިއުކްލިއަރ މައްސަލައިގައާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގައި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އަލުން ކަނޑުއޮޅި ބަންދުވުމުގެ ބިރު އޮތްކަމަށްވެސް މާހިރުން އިންޒާރު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.