އާދަން ޝަރީފް... ފޮޓޯ: ވޮއިސް
ހަބަރު
18 Apr 2026 | 15:49
އުއްމީދަކީ އާ މެމްބަރުންނާއެކު ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެ އާ ބާބެއް ފެށިގެންދިއުން: އާދަން ޝަރީފް

އުއްމީދަކީ އިންތިހާބުކުރެވުނު އާ ކައުންސިލަރުންނާއެކު ކުރިއަށް އޮތްތަނުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެ އާ ބާބެއް ފެށިގެންދިއުންކަމަށް ކުރީގެ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ދެއްވައިފިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާއިން އިސްތިއުފާދެއްވުމަށްފަހު ފުރަތަމަ ފަހަރަށް އެކްސްގައި ކުރެއްވި ޕޯސްޓްގައި އާދަން ޝަރީފް ވިދާޅުވީ،  ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރި ކުރުވިގެން ކަމަށާއި، އެކަމަށް ކައުންސިލްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރެވިގެން ކަމަށެވެ. 

ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވެގެން. އަދި ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށް ކައުންސިލްތައް ހެދިގެން

އާދަން ޝަރީފް

އޭނާ ވިދާޅުވީ ކައުންސިލްތަކަށް ހިންދެމިލެވި، އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭނީ މާލީ ފުދުންތެރިކަން ކައުންސިލްތަކަށް ލިބިގެންކަމަށެވެ. ރައްޔިތުންނާ ގުޅޭ ކަންކަމުގައި ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ފުރަތަމަ ޓަކިޖަހާ ދޮރަކީ ކައުންސިލްތަކަށް ވެގެންނެވެ.

އާދަން ޝަރީފް ވިދާޅުވީ އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސަރުކާރާ ގުޅިގެން، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެންދަވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

އެކްސްގައި ކުރެއްވި މި ޕޯސްޓްގައި އާދަން ޝަރީފް ވަނީ ކުރިއަށްއޮތްތަނުގައިވެސް ދިވެހި ޤައުމަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ. އެންމެފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެނައި ބަދަލުގައި އަތޮޅު ކައުންސިލުތަކާއި އަދި ސިޓީތަކާއި ބެހޭ ވުޒާރާގެ އިތުރުން ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް ވަނީ އުވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.