މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
19 Apr 2026 | 10:13
ޗެލްސީއަތުން ޔުނައިޓެޑް މޮޅުވެ، ޗެމްޕިއަންސްލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ޗެލްސީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ކުރިއަށް އޮތް ޗެމްޕިއަންސްލީގުން ޖާގައެއް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް، ޔުނައިޓެޑް ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ޔުަނައިޓެޑުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ފުރަތަމަ ހާފްގެ 43 ވަނަ މިނެޓް ތެރޭގައި ފެނާންޑެޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކުންހާއެވެ. 

ޔުނައިޓެޑުން މޮޅަށް ކުޅުނު ނަމަވެސް މިމެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ހޯދީ ޗެލްސީއެވެ. ނަމަވެސް މީގެ ތެރެއިން ނުރައްކާތެރި ހަމަލާތައް މެންޗެސްޓަރ ޔުނައިޓެޑްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި ސްޕޯޓްސް

މެޗުން ޔުނައިޓެޑް މޮޅުވުމުން އެޓީމް ވަނީ ލިބުނު ތިން ޕޮއިންޓާއެކު، ތާވަލްގެ ތިންވަނައަށް ޖެހިލާފައެވެ. އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 58 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޓެޑް ތާވަލްގެ ތިން ވަނާގައި އުޅޭއިރު 55 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނާގައި އެސްޓަންވިލާއެވެ. ޗެލްސީ އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ 6 ވަނާގައެވެ. 

ޗެލްސީއަށް ޗެމްޕިއަންސް ލީގަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައިވާއިރު، އެޓީމަށް ޔޫރަޕާލީގުން ޖާގަ ކަށަވަރު ކުރެވެން އޮތީވެސް ދެން ކުޅެންޖެހޭ ހުރިހާ މެޗްތަކެއް ކާމިޔާބުކޮށްގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.