ވަޒީރު ޝަފީޢު: ފޮޓޯ/ ތަޢުލީމީ ވުޒާރާ
ހަބަރު
19 Apr 2026 | 10:31
ތަޢުލީމަށް ލޯބިކުރާ ނަމަ ކިޔަވައިދޭ މުދައްރިސުން ދެކެ ލޯބިވާ ކުދިން ކަމުގައި ވާންޖެހޭ: ޝަފީޢު

‏ދަރިވަރުން ތަޢުލީމަށް ލޯބިކުރާނަމަ، އެ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިހުތިރާމްކޮށް ލޯބިވާ ކުދިން ކަމުގައި ވާންޖެހޭ ކަމުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ތަޢުލީމީ ނިޒާމް ހަރުދަނާ ކުރުމަށް މި އަހަރު މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ތަރުބަވީ ޚާއްސަ ޕްރޮގްރާމް ބިންގާކަން ފާހަގަކުރެއްވިއެވެ.

އެ ޕްރޮގްރާމަކީ ދަރިވަރުންގެ ހިތުގައި ކުލުނުވެރިކަމާ، އެހެންމީހުންނަށް، ޙާއްސަކޮށް މުދައްރިސުންނަށާއި، މައިންބަފައިންގެ އިތުރުން މުޖުތަމަޢުގައި ހިމެނޭ އެހެންމީހުންގެ އެހީ ބޭނުންވާ މީހުންނަށް އިހްތިރާމް ކުރުމާއި ގަދަރު ކުރުން ފަދަ ރިވެތި ސިފަތަކެއް އަށަގެންނެވުނުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އަދި މިއާއެކު ދަރިވަރުން އަމިއްލަ ނަފްސަށް އިތުބާރު ކުރުން ފަދަ ސިފަތައްވެސް އެކުލެވިގެން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 

ވަޒީރުގެ ވާހަކައިގައި ވަޒީރުވަނީ ތަޢުލީމު ހާސިލްކޮށް ރަންވަނަ ހޯދުމުގެ އިތުރުން  ދިރިއުޅުމުގައި ބޭނުންވާ އެކިއެކި ހުނަރުތައްވެސް ކުދިން ދަސްކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. 

މީގެ އިތުރުން، ކިޔެވުމަށް ލޯބިކުރާ ދަރިވަރުންނަކީ މުދައްރިސުން ދެކެވެސް ލޯބިވާ، އެ މުދައްރިސުންނަށް އިހްތިރާމްކުރާ ބަޔަކަށް ވުމަށް ނަޞޭޙަތްތެރިވެފައެވެ. 

ތިޔަކުދިން ތަޢުލީމަށް ލޯބިކުރާކަމަށްވާނަމަ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންވީ ކަމަކީ ކިޔަވައިދެއްވާ މުދައްރިސުންދެކެ ލޯބިވުން. ތިޔަކުދިންގެ މަންމައާއި ބައްޕަގެ ބަސް އެހުމޭ، އަދި ތިޔަކުދިން ތިޔަކުދިންގެ މުޖުތަމައުގައި އުޅޭ އެންމެ އިހްތިރާމާއި ލޯބި ލިބެންޖެހޭ ދެރަ ނިކަމެތި މީހުންނަށް އިހްތިރާމް ކުރުނާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެންމެހާ މީސްތަކުންނަށް އިހްތިރާމް ކުރުމޭ. 

ވަޒީރު ޝަފީޢު

ވަޒީރު ވިދާޅުވީ މީހާގެ ހަގީގީ ތަޞައްވުރު އެނގިގެންދާނީ އެހެންމީހުންނާ ދެމެދުގައި އުފެދޭ ކުލުނާއި އިހްތިރާމުން ކަމަށެވެ.

މަޖީދިއްޔާ ސްކޫލްގެ 99 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ އެސެމްބްލީގައި ވަޒީރު ޝަފީޢު ވަނީ އެ ސްކޫލްގެ އައު ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހްކޮށްދެއްވާފައެވެ. އަދި ވަޒީރު ވަނީ، މަޖީދިއްޔާގެ 100 އަހަރުގެ ރަމްޒްކޮށްދިނުމުގެ ޚާއްސަ ބިނާގެ މަސައްކަތް 100 އަހަރު ފުރެންވާއިރަށް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.