ޕްރިމިއާ ލީގްގައި މިރޭ އާސެނަލް އާއި ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ޕްރިމިއާ ލީގް
ކުޅިވަރު
19 Apr 2026 | 22:47
ޕްރިމިއާ ލީގް ހޯދުމުގެ އަމިއްލަ ބާރު އާސެނަލަށް ގެއްލިއްޖެ

އިނގިރޭސި ޕްރިމިއާލީގްގައި މިރޭ މެންޗެސްޓަރ ސިޓީ އަތުން އާސެނަލް ބަލިވެ، ލީގް ހޯދުމުގެ އަމިއްލަ ބާރު އެޓީމަށް ގެއްލިއްޖެއެވެ.

ލީގްގައި މިރޭ މެންޗެސްޓަރ ސިޓީ އާއި އާސެނަލް ކުޅުނުމެޗް ސިޓީ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް ސިޓީއެވެ. އެއީ މެޗްގެ 16 ވަނަ މިނެޓް ތެރޭގައި ޗެރްކީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސިޓީން ލީޑް ނެގިތާ ހަމަޖެހިނުލެވި އުޅެނިކޮށް ގޯލް ކީޕަރު ޑޮންނަރުއްމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އާސެނަލްގެ ހާވަރޓްޒް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. ފުރަތަމަ ހާފް ކުޅެން ފަށައި ސިޓީން ވަނީ ކުޅުން ރަނގަޅުކޮށް 65 ވަނަ މިނެޓް ތެރޭގައި ދެވަނަ ފަހަރަށް ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހާލާންޑެވެ.

މެޗްގައި މޮޅަށްކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ސިޓީންނެވެ. މެޗުން މޮޅުނުވިއެއްކަމަކު އާސެނަލުން ވަނީ އެންމެ ފަހު ވަގުތުވެސް ގޯލެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކޮށްފައެވެ. މިގޮތުން މެޗްގެ ފަހުވަގުތުކޮޅުގެ ތެރޭގައި ހާވަރޓްޒް ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާ ވަރަށް ހުށިޔާރުކަމާއެކު ސިޓީގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

މެޗުން ސިޓީ މޮޅުވެ އާސެނަލަށް ތިން ޕޮއިންޓް ގެއްލުމުން އެޓީމަށް ވަނީ ލީގް ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. އިނގިރޭސި ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، އަދިވެސް ތާވަލްގެ އެއްވަނާގައި އޮތީ އާސެނަލެވެ. ނަމަވެސް އެއީ ސިޓީއަށްވުރެ އެއްމެޗް އިތުރަށް ކުޅެގެންނެވެ. ލީގްގައި މިހާތަނަށް ކުޅުނު 33 މެޗުން އާސެނަލަށް 70 ޕޮއިންޓް ލިބިފައިވާއިރު، 32 މެޗުން ސިޓީއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. 

ޕްރިމިއާ ލީގް އެންމެފަހުން ބޯންމައުތާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނުމެޗުން އާސެނަލް ބަލިވިއިރު، މިފަހަކަށް އައިސް އެޓީމް ކުޅޭ މެޗްތަކުން އެދެވޭ ނަތީޖާއެއް ނެރެވިފަ ނުވާކަން ފާހަގަކޮށްލެވެއެވެ. 

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ލިވަޕޫލާ އެވަތަން ބައްދަލުކުރިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލިވަޕޫލެވެ. މިމެޗުން ލިވަޕޫލް މޮޅުވުމާއެކު އެޓީމް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސްލީގުން ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.