ފުޓްސަލް ޓީމް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ތަށި އުފުލާލުން.. ފޮޓޯ: ސާފް
ހަބަރު
20 Apr 2026 | 18:47
ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ކުޅުންތެރިންނަށް، އަންނަ އަހަރުން ފެށިގެން މުސާރަދެނީ

ޤައުމީ ފުޓްސަލް ޓީމްގައި ހިމެނޭ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން މުސާރަ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ޒުވާނުން ބާރުވެރި ކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން .ކުޅީވަރާ ބެހޭ މިނިސްޓަރު ވިދާޅުވީ ފުޓްސަލް ޓީމަށް ކުޅިވަރު އެވޯޑާއި މުސާރަ ދިނުމަށް މިހާރު އެކުލަވާލާފައި އޮންނަ އުސޫލަކީ ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮންނަ ކަމެއްކަމަށެވެ. އެގޮތުން މިހާރު އޮތް އުސޫލު މުރާޖައާކުރެވޭނެ ގޮތެއް ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި ކުރިއަށްދާކަން މިނިސްޓަރު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ، ޤައުމީ ޓީމުގެ ކުޅުންްތެރިންނަށް މުސާރަ ދެންޏާމު ކަނޑައެޅިފައިވާ އުސޫލްތަކެއް އޮންނަ ކަމަށާއި އެގޮތުން ޤައުމީ ޓީމެއް އޮންނަނަމަ، ނެޝަނަލް ލެވެލްގައި މުބާރާތެއް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އެކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ

ނެޝަނަލް މުބާރާތެއް ކުރިއަށް ގެންދެވިގެން އަޅުގަނޑުމެންނަށް އެ އެއް އަހަރު ދުވަހުގެ އެ ގޮތަށް ޕެޓާން ދިޔާމަ މީ މުސާރަ ދޭ ހިސާބަށް މި ދަނީ. އެހެންމަ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެންނަށް އެކަން ފަހިވެގެންދާނެ އެފްއޭއެމްގަ މިހާރުވެސް އެ ވަނީ ހަމަ އޮފިޝަލީ ފިރިހެން ޓީމްވެސް ރެޖިސްޓަރ ކުރެވިފަ

ކުޅިވަރާ ބެހޭ މިނިސްޓަރު ރާފިއު

މިނިސްޓަރު ވިދާޅުވީ ޤައުމީ ޓީމްގައި ހިމެނޭ ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ދިނުމަށް އަންނަ އަހަރުގެ ބަޖެޓްގައި އަދަދުތައް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

ދާދިފަހުން ނޭޝަނަލް އެތުލީޓުންނަ ހެލްތު އިންޝުއަރަންސް ހަމަޖެހުނުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އުއްމީދަނީ ފުޓްސަލް ކުޅުންތެރިންނަށްވެސް މުސާރައިގެ އިތުރުން އިންޝުއަރެންސްވެސް ހަމަޖެހިގެން ދިއުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.