ތެޔޮ ބޯޓެއް
ދުނިޔެ
24 Apr 2026 | 08:38
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމާއި، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިތުރަށް އުފުލިއްޖެއެވެ.

އެގޮތުން މިއަދު ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކުރޫޑްގެ އަގު 1.25 އިންސައްތަ އުފުލި، ފީފާއެއްގެ އަގު ވަނީ 105.38 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއު.ޓީ.އައި) ގެ އަގު 1.14 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 96.96 ޑޮލަރަށް ޖެހިލާފައެވެ.

ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން މިދިޔައީ، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން ދެ ގައުމުން ވެސް އުޅަނދުފަހަރު ހިފަހައްޓަމުން ދިއުމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމާ ގުޅިގެންނެވެ. ހަނގުރާމައިގެ ކުރިން ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ތެލާއި ތެލުގެ އުފެއްދުންތައް މި ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރެއެވެ.

އިސްރާއީލާއި ލުބުނާނާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރު ކުރުމަށް އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަކަށްފަހު އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުނެފައެވެ. ނަމަވެސް، މި އެއްބަސްވުމާއެކު ވެސް ތެލުގެ ބާޒާރަށް އޮތް ބިރުވެރިކަން އަދި ކުޑަވެފައެއް ނުވެއެވެ.

ކޮމަންވެލްތު ބޭންކް އޮފް އޮސްޓްރޭލިއާއިން ހާމަކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮންނަ ކޮންމެ ދުވަހަކީ އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ދުވަހެކެވެ. އަދި މިކަމުގެ ސަބަބުން ސިޔާސީ އަދި އިގްތިސާދީ ޕްރެޝަރު ބޮޑުވެ، އެމެރިކާއަށް ދޫދޭން ޖެހިދާނެ ކަމަށް އެ ބޭންކުގެ އެނަލިސްޓުން ލަފާކުރެއެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައި.އީ.އޭ) ގެ ވެރިޔާ ފާތިހު ބިރޯލް ސީ.އެން.ބީ.ސީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ދުނިޔެ މިހާރު ކުރިމަތިލަމުންދަނީ ތާރީޚުގައި ވެސް ފެނިފައި ނުވާ ފަދަ ބޮޑު ހަކަތައިގެ ރައްކާތެރިކަމުގެ ނުރައްކަލަކާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ދުވާލަކު 13 މިލިއަން ފީފާގެ ތެޔޮ ވަނީ ބާޒާރަށް ނުލިބި ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.