ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ އީސާކް
ކުޅިވަރު
25 Apr 2026 | 22:00
ޕްރިމިއާ ލީގްގެ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމުގެ އުއްމީދު ލިވަޕޫލުން ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ ކްރިސްޓަލް ޕެލަސް ބަލިކުރުމަށްފަހު ލީގްގެ ގަދަ ހަތަރަކުން ޖާގަ ހޯދުމުގެ ފުރުސަތު ލިވަޕޫލުން ބޮޑުކޮށްފިއެވެ.

ޕްރިމިއަ ލީގްގައި ކްރިސްޓަލް ޕެލަސް އާއި ލިވަޕޫލް ބައްދަލުކުރިމެޗް އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި ލިވަޕޫލަށް ގޯލް ހުޅުވާލަދިނީ, 35 ވަނަ މިނެޓް ތެރޭގައި އެލެގްޒެންޑަރ އީސާކް އެވެ. މިއީ ލިވަޕޫލަށް ބަދަލުވުމަށްފަހު އެންފީލްޑްގައި ކުޅުނު މެޗެއްގައި އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މެޗްގައި ލިވަޕޫލްގެ ރޮބަޓްސަން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހައި ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މެޗްގައި ދެން ފެނިގެންދިޔަ ލަނޑު ޖެހީ ކްރިސްޓަލް ޕެލަސްއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ޑެނިއަލް މުނޯޒް އެވެ. މެޗްގައި ފެނިގެންދިޔަ ފަހުލަނޑު ކާމިޔާބުކޮށްދިނީ، ފަހު ވަގުތުކޮޅުގެ ތެރޭގައި ފްލޯރިއަން ވާޓްޒް އެވެ.

ލިވަޕޫލްގެ ފުރަތަމަ ދެ ކީޕަރުން ކަމަށްވާ އެލިސަން ބެކާ އާއި ގިއޯގީ މަމާޑަޝްވިލީއަށް އަނިޔާވުމުން މެޗްގައި ލިވަޕޫލްގެ ގޯލް ބެލެހެއްޓީ ތިންވަނަ ކީޕަރު ފްރެޑީ ވުޑްމަން އެވެ.

މެޗުން ލިވަޕޫލް މޮޅުވުމުން އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސްލީގުން ޖާގައެއް ކަށަވަރުކުރުމުގެ އިތުރުން ލީގް ގަދަ ހަތަރެއްގައި ސީޒަން ނިމެންދެން ހިފަހައްޓާލުމުގެ އުއްމީދު އާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.