މަގާމުތަކަށް އައްޔަނުކުރެއްވި ތިން ބޭފުޅުން --
ހަބަރު
26 Apr 2026 | 22:13
އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ ތިން ވަޒީރުން އައްޔަނު ކުރައްވައިފި

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ ތިން ވަޒީރުން އައްޔަނު ކުރައްވައިފި އެވެ.

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މި ސަރުކާރުގައި ސިޓީސްތަކާއި އިދާރީ ދާއިރާތަކާއި ގުޅޭ މިނިސްޓްރީގެ މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ތޯރިގް އިބްރާހިމް އާއި ރައީސް ވަހީދުގެ ސަރުކާރުގައި ބަންޑާރަ ނާއިބުކަން ކުރެއްވި ފާތިމަތު ދިޔާނާ ސައީދު އެވެ.

އެކަން ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވަނީ ވޮއިސްއަށް ޔަގީންކޮށް ދެއްވާފަ އެވެ. ތަރުޖަމާން ވިދާޅުވީ މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަނު ކުރައްވާފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ތިން ބޭފުޅުން އައްޔަނު ކުރެއްވީ ވަކިވަކީން އެކި ދުވަސްމަތީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވާފަ އެވެ. އެ ބަދަލު ގެންނެވުމަށް ފުރުސަތު ދެއްވުމުގެ ކުރީން 10 ވަޒީރަކު އެއް ދުވަހާއި އިސްތިއުފާ ދެއްވި އެވެ. އޭގެ ތެރޭގައި އާދަމް ޝަރީފް އުމަރާއި ތޯރިގް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

ދިޔާނާ ސައީދަކީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. ހާއްސަ ކޮށްް އެންމެ ފަހުން އޮތް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގައި އެކަމަނާ ވަނީ ސަރުކާރުގެ ސްޓޭންޑް ވަރަށް ބޮޑަށް ދިފާއު ކުރައްވާ އެކަމުގެ ފައިދާތައް ބަޔާންކޮށް ދެއްވާފަ އެވެ.

ދިޔާނާ އަކީ ރާއްޖެ މި ފަހުން ދުށް އެންމެ މޮޅެތި ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ބޭފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.