މަކުނުދޫގެ ފުރަތަމަ ޝެއިޚް
ހަބަރު
28 Apr 2026 | 15:45
މަކުނުދޫގެ ފުރަތަމަ "ޝައިޚް"އަކަށް އަޙްމަދު ރިފްޢަތު؛ މުޅި ރަށް ފަޚުރުވެރިވާ ދަރިއެއް

ސައުދީ އަރަބިއްޔާގެ މަދީނާ އިސްލާމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރައްވައި، "ޝައިޚް" ކަމުގެ ލަގަބު ހދ. މަކުނުދޫ، އަޙްމަދު ރިފްޢަތު ހޯއްދަވައިފިއެވެ.

މިއީ މަކުނުދޫގެ ތާރީޚުގައި އެ ރަށުގެ ދަރިއަކު މިފަދަ ޝަރަފުވެރި ލަގަބެއް ހާސިލުކުރި ފުރަތަމަ ފަހަރެވެ.

އުމުރުން 33 އަހަރުގެ އަޙްމަދު ރިފްޢަތު ހޯއްދެވި މި ތާރީޚީ ކާމިޔާބީއާ ގުޅިގެން، މަކުނުދޫ ކައުންސިލާއި އެ ރަށުގެ އެންމެހާ ރައްޔިތުން އަންނަނީ ތަހުނިޔާ ފޮނުވަމުންނެވެ.

ކައުންސިލުން ހާމަކުރި ގޮތުގައި، ރިފްޢަތު ހޯއްދެވި މި ޝަރަފަކީ މަކުނުދޫގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

ރިފްޢަތުގެ ތަޢުލީމީ ދަތުރަށް ބަލާއިރު، އޭނާ ވަނީ 2017 ވަނަ އަހަރު ޢަރަބި ބަހުން ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަށު ސްކޫލާ ގުޅިވަޑައިގެން ޚިދުމަތް ކުރެއްވުމަށްފަހު، މަތީ ތަޢުލީމުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް މަދީނާއަށް ފުރާވަޑައިގަތީ 2021 ވަނަ އަހަރުއެވެ.

ގާތްގަނޑަކަށް 5 އަހަރު ދުވަހުގެ މިންނެތް މަސައްކަތަށްފަހު، ރިފްޢަތު މިވަނީ "ޝައިޚް" ކަމުގެ ޝަރަފާއެކު ގްރެޖުއޭޓްވެފައެވެ.

ރިފްޢަތަކީ ޅަފަތުގެ ދުވަސްވަރުން ފެށިގެން ޢިލްމު އުނގެނުމަށް ޝައުގުވެރި ކަމަާއެކު މަސައްކަތް ކުރެއްވި، ރަށުގައި ދީނީ އަދި އިޖުތިމާޢީ ރޮނގުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. އޭގެ ސަބަބުން ރަށުގެ އެންމެހާ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ވަނީ ލިބުފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.