މާލީ ވަޒީރު މޫސާ ޒަމީރު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
29 Apr 2026 | 17:26
ތެއޮ ރައްކާކުރުމަށް މާލެ ސަރަހައްދުން ދެ ތަނެއް ފާހަގަކޮށްފިން: ޒަމީރު

ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން މާލެ ތެލުގެ ސްޓޯރޭޖް ގާއިމްކުރުމަށް މާލެ ސަރަހައްދުން ދެ ތަނެއް ފާހަގަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ތެލުގެ ރިޒާވް އިތުރުކުރުމަށް ފަށާފައިވާ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ނެޝަނަލް ފިއުލް ސްޓޯރޭޖް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެސްޓީއޯ ގުޅިގެން ކުރިއަށްދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތެއޮ ރައްކާކުރެވޭތަންތަން ބެލުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ވަރަށް ގިނަ ކަންކަމަށް ބަލަންޖޭކަމަށެވެ. އެގޮތުން އެތަނުގެ ވެއްޓަށް މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި އެތަނަކީ ބޯޓުފަހަރުތަކަށް ބަނދަރުކުރަން ފަސޭހަތަނަކަށް ވާންޖެހޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު ރާވާފައި އޮތީ ތިން ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދަންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ތެލުގެ ސްޓޯރޭޖް ހެދުމަށް މިހާރު މާލެ ސަރަހައްދުން ދެ ފަޅެއް ބަލަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރޭވިފަ މިއޮތީ ތިން ފޭސްއަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްއަކީ އަދި މާލެ ކައިރި ސަރަހައްދުން. މިވަގުތު އެސްޓީއޯއިން ދެ ފަޅެއް ދަނީ ބަލަމުން

ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މިނިސްޓަރު ވިދާޅުވީ އަމާޒަކީ ދެ ފަޅު ބެލުމަށްފަހު ދެން ކުރިއަށްދާނީ ސާވޭ ކުރުމުގެ މަސައްކަތް ކަމަށާއި، ފެށޭ ހަފްތާގައި ސާވޭ ކުރުމުގެ މަސައްކަތް ފައްޓަވާނޭކަމަށެވެ. އަދި އެތަނުގެ ޑިޒައިނާއި ފައިނޭންސް ހޯދާނެ ގޮތްތަކާއި އެނޫންވެސް ކަންކަން އެކުލަވާލައި ކުރިއަށްއޮތް ދެ ހަފްތާ ނިމެންވާއިރަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުންތައް ގެންދަވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިއަދުވެސް ވިދާޅުވީ ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކުރުމަކީ ކުރިމަގަށް ބަލައި ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ