މުރަނގަ އޮށް
ލައިފްސްޓައިލް
01 May 2026 | 09:13
ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކްގެ 98 އިންސައްތަ މުރަނގަ އޮށުން ސާފުކުރެވޭނެކަން ހާމަވެއްޖެ

ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ މުރަނގަ އޮށަކީ ބޯފެނުގައި ހުންނަ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ ގަހެއްކަން އާ ދިރާސާއަކުން ދައްކައިފިއެވެ.

ބްރެޒިލް އަދި އިނގިރޭސިވިލާތުގެ ސައިންސްވެރިން ގުޅިގެން ކުރި މި ދިރާސާ، މިއަހަރުގެ އޭޕްރިލް މަހު ވަނީ ޝާއިޢުކޮށްފައެވެ. މި ދިރާސާއިން ހާމަވިގޮތުގައި، މުރަނގަ ގަހުގެ އޮށުން ތައްޔާރުކުރާ މާއްދާތަކަކީ، ފެން ސާފުކުރުމަށް މިހާރު ބޭނުންކުރާ ކެމިކަލްތަކާ އެއްވަރުގެ ނަތީޖާއެއް ނެރެދޭ އެއްޗެކެވެ.

މުރިންގާ ގަހަކީ މީގެ އެތައް ހާސް އަހަރެއް ކުރިން، ގަދީމީ ޔޫނާނީންނާއި، ރޯމަނުން އަދި މިޞްރުގެ މީހުންވެސް ފެން ސާފުކުރުމަށް ބޭނުންކޮށްފައިވާ ގަހެކެވެ. މި ދިރާސާގެ މުސައްނިފު، ސައޮ ޕައޮލޯ ސްޓޭޓް ޔުނިވަރސިޓީގެ ޕްރޮފެސަރ އެޑްރިއާނޯ ގޮންސަލްވޭސް ޑޮސް ރެއިސް ވިދާޅުވި ގޮތުގައި، އޭނާގެ ޓީމުން ފާއިތުވި 10 އަހަރު ދުވަހު އައީ މުރަނގަ ގަހުގެ އޮށުގެ "ކޯގިއުލަންޓް" (ފެނުގައި ހުންނަ ކުދި މާއްދާތައް އެކަތިގަނޑަކަށް ހަދައިދޭ) ސިފައާ ގުޅޭގޮތުން ދިރާސާ ކުރަމުންނެވެ. ބޯފެނުގައި މައިކްރޯޕްލާސްޓިކް އިތުރުވަމުންދާތީ، އެކަމަށް އޮތް ހައްލެއްގެ ގޮތުން މި ދިރާސާ ކުރުމަށް ސައިންސްވެރިން ނިންމީއެވެ.

މައިކްރޯޕްލާސްޓިކަކީ އިންސާނާގެ އިސްތަށީގެ ބޯމިނަށްވުރެވެސް މާ ކުދި، ޕްލާސްޓިކްގެ އެތިކޮޅުތަކެކެވެ. 2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގެ ބޯފެނުގެ 83 އިންސައްތައިގައި މި ނުރައްކާތެރި މާއްދާ އެކުލެވިގެންވެއެވެ. މިއީ އިންސާނާގެ ސިކުނޑިއާއި، ލޭދައުރުކުރާ ނިޒާމަށްވެސް ވަންނަ އެއްޗެކެވެ. ޖަނަވާރުންގެ މައްޗަށް ކުރި ދިރާސާތަކުން ދައްކާގޮތުގައި، މީގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތަކާއި ހޯރމޯންތަކަށް ބަދަލު އައުން ފަދަ ނުރައްކާތައް ކުރިމަތިވެއެވެ.

ސައިންސްވެރިން ކުރި ތަހުލީލުތަކުން ދެއްކި ގޮތުގައި، މުރަނގަ އޮށުގެ ސަބަބުން ފެނުގައި ހުންނަ ޕީ.ވީ.ސީ މައިކްރޯޕްލާސްޓިކްގެ 98.5 އިންސައްތަ ސާފުކޮށްދެއެވެ. މިއީ މިހާރު ފެން ސާފުކުރުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށްވާ "އެލްމިނިއަމް ސަލްފޭޓް" އާ އެއްވަރުގެ ނަތީޖާއެކެވެ.

ނަމަވެސް، އެލްމިނިއަމް ފަދަ ކެމިކަލްތަކަކީ ގިނަ މިންވަރަކަށް ބޭނުންކޮށްފިނަމަ ނާރުގެ ބަލިތަކަށް މަގުފަހިވާ ވިހަ މާއްދާއަކަށް ވާއިރު، މުރަނގަ އޮށަކީ ތިމާވެއްޓާ ރައްޓެހި، އަދި އަމިއްލައަށް ފީވެގެންދާ ރައްކާތެރި އެއްޗެކެވެ.

ޔުނިވަރސިޓީ އޮފް ނިއު މެކްސިކޯގެ ޕްރޮފެސަރ މެތިއު ކެމްޕެން ވިދާޅުވި ގޮތުގައި، މި ހޯދުމުގެ ސަބަބުން އެލްމިނިއަމް ހޯދުމަށް ކުރާ މައިނިންގް މަސައްކަތްތައް މަދުވެ، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެއެވެ.

އެހެންނަމަވެސް، ބައެއް ގޮންޖެހުންތައްވެސް ހުރިކަން ސައިންސްވެރިން ފާހަގަކުރެއެވެ. އެގޮތުން އެންމެ މުރަނގަ އޮށަކުން ސާފުކުރެވެނީ 10 ލިޓަރުގެ ފެނެވެ. އެހެންކަމުން ބޮޑެތި ސިޓީތަކުގެ ފެން ސާފުކުރުމަށްޓަކައި ގިނަ އަދަދެއްގެ އޮށް ބޭނުންވާނެއެވެ. މި ވަގުތަށް މި އުކުޅު އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނީ ކުދި އާބާދީތަކުގައާއި، ކެމިކަލް ހޯދަން އުނދަގޫ ސަރަހައްދުތަކުގައެވެ.

ކުރިމަގުގައި މި މަސައްކަތް އިތުރަށް ފުޅާކޮށް، އެހެން ބާވަތްތަކުގެ ޕްލާސްޓިކާއި ނެނޯޕްލާސްޓިކް ސާފުކުރުމުގައި މުރަނގަ އޮށުގެ ދައުރާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރުމަށް ސައިންސްވެރިން ވަނީ ނިންމާފައެވެ. އިންސާނުންނަށް މައިކްރޯޕްލާސްޓިކްގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިއީ ވަރަށް މުހިންމު ހޯދުމެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.