އެމިރޭޓްސް އެއާލައިން...
ހަބަރު
02 May 2026 | 12:17
ބޮޑެތި ބައެއް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބޮޑެތި ބައެއް އެއާލައިންތަކުން މިއަހަރުގެ ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު  މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޓޫރިސްޓް ރިސޯޓްތައް ހިއްސާވާ ޖަމިއްޔާ މަތީ އާއި ގެސްޓްހައުސް އެސޯސިއޭޝަންސް މިފަދަ ހުރިހާ ސްޓޭކްހޯލްޑަރުންގެ އެހީތެރިކަމާއި އަދި ރާއްޖެ އަންނަ އެއާލައިންތަކާ އެކު މަސައްކަތްކޮށްގެން އެދެވޭފަދަ ހެޔޮ ބަދަލުތަކެއް ގެނެވޭތޯ މަސައްކަތް ކުރަމުންދާކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޤަތަރު އެއާވޭސް އަދި އެމިރޭޓްސް އެއާލައިނުން ކުރިއަށްއޮތްތަނުގައި ރާއްޖެއަށް ބާއްވާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ދެ އެއާލައިނުން ޖޫންމަހުން ފެށިގެން ހަފްތާއަކު ތިން ފްލައިޓަށް އިތުރުކުރުމަށް ނިންމިއިރު، ބްރިޓީޝް އެއާވޭސްއިންވެސް ރާއްޖެއަށް ބާއްވަމުން އަންނަ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާކަން މިނިސްޓަރުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތައް ދައްކަނީ ޓޫރިޒަމްގެ ލޯ ސީޒަން ނިމިގެންދާއިރު އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާވާނޭކަމަށް

ޓޫރިޒަމާ ސިވިލްއޭވިއޭޝަން މިނިސްޓަރު އަމީން

އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން މިދިޔަ ދުވަސްތަކުގައި މެދުއިރުމަތީގެ ހާލަތަށް އައި ނުތަނަވަސްކަމާއެކު ރާއްޖެއަށް އުދުހުންތައް ތާވަލްކޮށްފައި އޮތް ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ.

އެގޮތުން ހަނގުރާމަފެށިގެންގޮސް ފުރަތަމަ 45 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެ އަންނަން ތާވަލްކޮށްފައި އޮތް 600 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްވެފައެވެ. މި ފްލައިޓްތައް ކެންސަލްވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް ބައެއް އެއާލައިންތަކުން ދަތުރުތައް އަލުން ފަށައި، މިހާރު ޓޫރިސްޓުން އަންނަ އަދަދަު ދަނީ މަޑުމަޑުން އިތުރުވަމުންކަމަށް ކަމާ ބެހޭ އިދާރާތަކުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.