ސަރ އެލެކްސް ފާގަސަން.. ފޮޓޯ: ގެޓީ އިމޭޖް
ކުޅިވަރު
04 May 2026 | 00:26
ލެޖެންޑްރީ ފުޓްބޯޅަ ކޯޗް ސަރ އެލެކްސް ފާގަސަން ހާލު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ފުޓްބޯޅަ ތާރީހުގައި އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި ގިނަ ބަޔަކު އެއްބަސްވާ، މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަން ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ބީބީސީ ސްޕޯޓްސްއިން ބުނީ ލެޖެންޑަރީ ކޯޗް ފާގަސަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ، ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު ފެށުމުގެ ކުޑައިރުކޮޅެއް ކުރިން އޯލްޑް ޓްރެފޯޑުގައި ހުންނަވަނިކޮށް ހާލު ދެރަވެގެން ކަމަށެވެ.

އުމުރުން 84 އަހަރުގެ ފާގަސަން ހޮސްޕިޓަލަށް ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި އެއީ އެމަޖެންސީ ހާލަތެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ބުނެއެވެ. ފާގަސަން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޯލްޑް ޓްރެފޯޑުގެ ޓަނަލް ސަރަހައްދުން އެމްބިއުލާންސެއްގައެވެ. ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާގެ ހާލަތާ ބެހޭ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފާގަސަން ވަރަށް އަވަހަށް ގެއަށް ވަޑައިގެންނެވޭ ވަރުވާނޭކަމަށް ހަބަރުތައް ބުނެއެވެ.

މެޗު ފެށުމުގެ ދެ ގަޑިއެއްހާ އިރު ކުރިން ފާގަސަން ސްޓޭޑިއަމްގައި މެހެމާނުންނާ އެކު ހުންނެވި ފޮޓޯ ފެނިފައިވެއެވެ. ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. އަސީމް މަލޯތުރާ، ފާގަސަންއާ އެކު ނެންގެވި ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވައި ލިޔުއްވީ މެޗުގެ ކުރިން ފާގަސަންއާ އެކު ވަގުތުކޮޅެއް ހޭދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށެވެ.

ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާ ލިވަޕޫލް ބައްދަލުކުރިމެޗް ޔުނައިޓެޑު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ޔުނައިޓެޑްގެ ހެޑް ކޯޗް މައިކަލް ކެރިކް ބުނީ، އުއްމީދަކީ ވީހާވެސް އަވަހަށް ރަނގަޅުވެ ސަރ އެލެކްސް ފާގަސަން ހޮސްޕިޓަލުން ދޫކޮށްލުން ކަމަށެވެ. ކެރިކަކީ 2006 ވަނަ އަހަރު ފާގަސަން ސްޕާސްއިން ޔުނައިޓެޑަށް ގެނައި ކުޅުންތެރިއެކެވެ. 

ސަރ އެލެކްސް ފާގަސަން ވަނީ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި 27 އަހަރު ހޭދަކޮށް އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯއްދައިދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.