އެވަޓަން އާއި ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: މެންސިޓީ
ކުޅިވަރު
05 May 2026 | 09:05
ލީގް ހޯދުމަށް މެންޗެސްޓަރ ސިޓީއަށް އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ސިޓީ އާއި އެވަތަން ބައްދަލުކުރި މެޗް އެއްވަރުވެ، ލީގް ހޯދުމަށް ސިޓީއަށް އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެއެވެ.

ލީގްގައި މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލުކުރިމެޗް ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ. މެންޗެސްޓަރ ސިޓީން މޮޅަށް ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދާފައިވަނީވެސް އެޓީމުންނެވެ. އެއީ ފުރަތަމަ ހާފްގެ 43 ވަނަ މިނެޓް ތެރޭގައި ޖެރެޑީ ޑޯކޫ ޖަހައިދިން ލަނޑުންނެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި އެވަޓަނުން ވަނީ ކުޅުން ރަނަގޅުކޮށް 68 ވަނަ މިނެޓް ތެރޭގައި މެޗް އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ތިއާނޯ ބެރީ އެވެ. އޭގެ ހަތަރު މިނެޓްފަހުން ޖޭކް އޯބްރެއިން ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް އެވަޓަންއަށް ލީޑް ނަގައިދިންއިރު، ތިއާނޯ ބެރީ ވަނީ 81 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި ސިޓީ ހާސްކަމުގެ ތެރެއަށް ވައްޓާލާފައެވެ. 

ސިޓީން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބުވީ، 83 ވަނަ މިނެޓް ތެރޭގައި އިތުބާރު ފޯވަދް ހާލާންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން ބަލިނުވެ ސިޓީ ސަލާމަތްކޮށްދިނީ، ޑޯކޫއެވެ.

މެޗަށްފަހު ވާހަކަދައްކަމުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ، ބަލިވުމަށްވުރެ މިގޮތްވެސް ރަނގަޅުކަމަށާއި، ލީގް ލިބެން އޮތީ އިންތިޒާރުތަކެއް ކޮށްގެންކަމަށެވެ. 

އާސެނަލް ވިއްޔާ ޕޮއިންޓް ގެއްލުވާލާކަށެއް ނުވިސްނާނެ. މިހާރު ޓައިޓަލް އެ އޮތީ އެ މީހުންގެ އަތުގައި، އެއީ ހަގީގަތެއް. އެކަމަކު އަދި މާ އަވަހަކަށް އުފާކުރާކަށް ނޫޅެން. އަދި ލީގް އޮތީ

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ

ސިޓީ މެޗް އެއްވަރުވުމުން އާސެނަލަށް ވަނީ ވަގުތީގޮތުން ފަސް ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ލިބިފައެވެ. ޕޮއިންޓް ތާވަލް މިހާރު އޮތްގޮތުން ދެން ސިޓީއަށް ލީގް ލިބެން އޮތީ އެންމެ މެޗަކުން ނަމަވެސް އާސެނަލް ބަލިވެގެންނެވެ. 

ޕްރިމިއާ ލީގް ޕޮއިންޓް ތާވަލް

ލީގްގައި އާސެނަލަށް ބާކީ ދެން އޮތީ ތިން މެޗެވެ. އެއީ އަންނަ އާދިއްތަ ދުވަހުގެ ރޭ ވެސްޓްހޭމް ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ މެޗާއި، މެއިމަހުގެ 19 ވަނަ ދުވަހު ބާންލީ އާ ދެކޮޅަށް ނިކުންނަ މެޗްގެ އިތުރުން 24 ވަނަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ނިކުންނަ މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.