މެޗުން މޮޅުވުމަށްފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ؛ ގެޓީ
ކުޅިވަރު
06 May 2026 | 02:14
އާސެނަލް 20 އަހަރަށްފަހު ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލަށް ދަތުރުކޮށްފި

އެތްލެޓިކޯ މެޑްރިޑް ބަލިކުރުމަށްފަހު އާސެނަލުން 20 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އާސެނަލުން ޗެމްޕިއަންސްލީގް ފައިނަލަށް ދަތުރުކޮށްފައިވަނީ މިރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނުމެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ދެމެޗްގެ ޖުމްލަ ނަތީޖާ 1-2 ކުން ކުރި ހޯދައިގެންނެވެ. އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ބުކާޔޯ ސާކާ އެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ ލަނޑުޖަހާގެ ރަނގަޅު ފުރުސަތުތައް ހޯދާފައެވެ. މެޗްގައި އެތްލެޓިކޯ މެޑްރިޑަށްވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. ނަމަވެސް މިމެޗްގައި އާސެނަލްގެ ޑިފެންސް ލައިނުން ވަނީ އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑްލައިންގެ ރޭވުންތައް ނާކާމިޔާބުކޮށްލާފައެވެ.

އާސެނަލްކޮޅަށް ލަނޑުޖެހުމަށްފަހު ސަކާ... ފޮޓޯ: ޕްރިމިއާލީގް

އާސެނަލުން އެންމެފަހުން ޗެމްޕިއަންސްލީގް ފައިނަލުގައި ކުޅެފައިވަނީ މީގެ 20 އަހަރުކުރިން 2006 ވަނަ އަހަރެވެ. އާސެނަލް ފައިނަލަށް ދިޔައީ ކުއާޓާ ފައިނަލުގައި ޔުވެންޓަސް އަދި ކޮންއައުޓް ބުރުގައި ވަރުގަދަ ރެއާލް މެޑްރިޑް ބަލިކުރުމަށްފަހުގައެވެ. 

ނޯވޭގައި ކުޅުނު ޗެމްޕިއަންސްލީގް ފައިނަލް އެ މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީވެސް އާސެނަލުންނެވެ. ނަމަވެސް ބާސެލޯނާއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ޗެމްޕިއަންސްލީގް ތަށި ގެންގޮސްފައެވެ. 

މިފަހަރުގެ ޗެމްޕިއަންސްލީގް ފައިނަލުގައި އާސެނަލް ކުޅޭނޭ ޓީމެއް ކަނޑައެޅިގެންދާނީ ސެމީފައިނަލްގެ ދެވަނަ މެޗްގައި މާދަމާ ރޭ ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުވިލާތުގެ ބަޔާން މިއުނިކް ބައްދަލުކުރާ މެޗަށްފަހުއެވެ. މި ދެޓީމް ކުޅުނު ސެމީގެ ފުރަތަމަ މެޗް 4-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.