ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ހަބަރު
07 May 2026 | 23:42
އިންތިހާބު ބޮޑުކޮށް ކާމިޔާބުކޮށް ދެވަނަ ދައުރެއް ހޯއްދަވާނެ ފުރަތަމަ ރައީސަކީ މުޢިއްޒު: އަބްދުއްރަހީމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑުކޮށް ކާމިޔާބުކޮށް ދެވަނަ ދައުރެއް ހޯއްދަވާނެ ފުރަތަމަ ރައީސަކަށް ވެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އެ ޕާޓީގެ މައި ޖަގަހާއި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އެމަނިކުފާނު ހުންނެވީ ރައީސް މުޢިއްޒުއާއެކު ގަދަކޮށް ކަމުގައި ވިދާޅުވެފަ އެވެ.

“އަޅުގަނޑުމެން މިތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް، ބޮޑުކޮށް ވަރުގަދައަށް،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ މި ދެއްކެވީ ގިނަ ދުވަސްތަކެއްގެ ފަހުންނެވެ. އަބްދުއްރަހީމަކީ އެ ޕާޓީގެ ޗެއާޕާސަން ނަމަވެސް ޕާޓީގެ ހަރަކާތްތަކުން ފެންނަލެތް މަދެވެ. ލީޑާޝިޕުގެ ހަރަކާތްތަކުން ފެންނަލެއް މަދެވެ. އެކަހެރިކޮށްފައިވާ ކަމުގެ އަޑުތައް ވެސް ގަދަ އެވެ.

ނަމަވެސް ވަރަށް ޖޯޝުގައި ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވަނީ ރައީސް މުޢިއްޒުގެ ދިފާއުގައި ބަސް ވިދާޅުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިއީ ރައީސް ޑރ. މުޢިއްޒު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ކަމަރު ބަންނަންވީ ވަގުތު ކަމަށެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ ފުރިހަމަ ތާއިދާއި ލޯތްބާއެކު ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވާނެ ފުރަތަމަ ބޭފުޅަކަށް ވެވަޑައިގަންނަވާނީ ރައީސް މުޢިއްޒު ކަމުގައި ވިދާޅުވެފަ އެވެ.

“އިރާދަކުރެއްވިއްޔާ ﷲ ސުބުޙާނަހޫވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން 2028 ވަނަ އަހަރު މި ޤައުމުގައި ބޭއްވޭ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އެކަން ކުރާނީ ދިވެހިރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯދައިގެން. ތާއީދު ހޯދައިގެން،” އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮމެންޓް
ސައްލޭ
އެންމެ ފަހު ވަގުތު ކަލޭ ވެސް ހުންނާނީ އިދިކޮޅަށް
08 May 2026
މަންތާ
ކާމިޔާބުވާނީ ފެންނަ ނުފެންނަ ކާމިޔާބު ކުރި ގޮތަށް. އަދުރޭ ވެސް ހުންނާނީ އިދިކޮޅަށް. މިހާރު މަޖީލީހުން ވަކިކޮށްފާނެތީ ވައި އަޅުވަނީ.
08 May 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.