ޕީއެންސީގެ ކެންޑިޑޭޓް ސުހާ, މެޑަމް ސާޖިދާއާއެކު --
ހަބަރު
14 May 2026 | 17:33
ދ. މީދޫ ރައީސަކު ހޮވުން: ސުހާ ކޮޅަށް މައްސަލަ ނިމި އަލުން ވޯޓްލާން ޖެހިއްޖެ

ދ. މީދޫ ކައުންސިލްގެ ރައީސް ކަަމަށް ބޭފުޅަކު އިންތިހާބު ކުރުމަށް އަލުން ވޯޓް ނަގަން ޖެހިއްޖެ އެވެ.

އަލުން ވޯޓް ނަގަން ޖެހުނީ މިއަދު ހައިކޯޓުން ނިންމި ނިންމުމާއި ގުޅިގެންނެވެ. އެ ކޯޓަށް ވަނީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގުނު ވޯޓާއި ގުޅިގެން އިންތިހާބީ މައްސަލައެއް ހުށައަޅާފަ އެވެ.

މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އެވެ. އިންތިހާބުގެ ނަތީޖާ ފުރަތަމަ ބުރަވެފައި އޮތީ ސުހާ ކޮޅަށެވެ. ނަމަވެސް ހުށައެލި ޝަކުވާއަކާއި ގުޅިގެން ވޯޓް އަލުން ގުނި އެވެ. އަދި އެއް ވޯޓް ބާތިލު ކަމަށް ކަނޑައެޅި އެވެ. އެއީ ސުހާއަށް ލިބިފައިވާ ވޯޓެކެވެ.

އެހެން ކަމުން ކޮމިޝަނުން ނިންމީ 392 ވޯޓުން އިންތިހާބު ކާމިޔާބު ކުރީ އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކަމަށެވެ. 

އެ ނިންމުން ސުހާގެ ފަރާތުން ހައިކޯޓަށް ހުށައެޅި އެވެ. ހައިކޯޓުން ވަނީ ކޮމިޝަނުން ބާތިލު ވޯޓެއް ކަމަށް ނިންމި ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އަލުން ނަތީޖާ އިއުލާނު ކުރަން އަމުރުކުރި އެވެ.

އެހެން ކަމުން ދެ ކެންޑިޑޭޓުންނަށް ވެސް ލިބޭނީ 392 ވޯޓެވެ. 

އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު އޮތް އިންތިހާބުގައި އެންމެ މައްސަލަ ބޮޑުވި ދ. މީދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމުގެ ވޯޓް އަލުން މިވަނީ ނަގަން ޖެހިފަ އެވެ.

ހައިކޯޓްގެ ނިންމުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް
މުހައްމަދު އިބުރާހިމް ދީދީ
މާތްރަސްކަލާނގެ ރަހުމަތުން ކުރިީގެ ނަތީޖާއާއެއްގޮތަށް ސުހާ އިބްރާހިމް މިފަހަރުވެސް އިންތިހާބު ކާމިޔާބުކުރާނީ
17 May 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.