ރައީސް ސޯލިހް
ހަބަރު
16 May 2026 | 13:27
އަދީބަށް މިނިވަންކުރުން؛ މައާފަށް އެދެންޖެހޭ ކަމެއްކަމަށް ގަބޫލެއް ނުކުރަން: ރައީސް ސޯލިހް

އަދީބް މިނިވަންކުރި މައްސަލާގައި ކަންބޮޑުވުން ހުއްޓެއްކަމަކު އެކަމަށް މައާފަށް އެދެންޖެހޭނެކަމަށް ގަބޫލު ނުކުރާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ތިން ރައީސުން ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އަދީބަށް މައާފް ދިން މައްސަލާގައި ވާހަކަދައްކަވާފައެވެ. އެމްއެމްޕީއާރުސީން ދައުލަތަށް ލިބެންޖެހޭ ފައިސާތައް ގެއްލުނު މައްސަލާގައި ބޮޑު އަދަބެއްގައި ހުންނެވި އަހުމަދު އަދީބަށް މައާފްދެއްވައި މިނިވަންކޮށްފައިވަނީ ރައީސް ސޯލިހް އެވެ. 

އަދީބަށް މައާފްދީ މިނިވަންކުރި ކުރުމާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ، އަދީބަށް ލުއިދިނީ ޤާނޫނާއި އިމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައިކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ލުއި ހޯދުމަށްޓަކައި އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާކަމަށެވެ. އެމަނިކްފާނުގެ ވެރިކަމުގެ ކުރިންވެސް އެކަންކަން  އޮންނަނީ އެހެންކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ކަހަލަ މައްސަލައެއް އައިމަ ޤާނޫނީގޮތުން އެއީ ކުރެވޭނެ ކަމެއްތޯ ބެކުމަށްފަހު އެކަން ކުރެވެންޏާމު މައާފް ދެމުންގެންދާަކަމަށެވެ. އަދީބަށް މައާފްދިނީވެސް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި، އެކަމުގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ހުއްޓެއްކަމަކު މައާފަށް އެދެންޖެހޭނެކަމަށް ނުދެކޭކަމަށްވެސް ސޯލިހް ވިދާޅުވިއެވެެ.

އަޙްމަދު އަދީބުގެ މައްސަލާގަވެސް އަޅުގަނޑުމެން މަސައްކަތްކޮށްފަ ހުންނާނެ. އަޅުގަނޑު ކޮށްފަ ހުންނާނީ ޤާނޫނުގެ އިމުގެ ތެރެއިން. އެ ފުރަތަމަވެލީ އެ ޙުކުމުގެ ތެރެއިން، އެ ޙުކުމުގެ ތެރެއިން މީ އަދަބު ލުއިކޮށްދިނުމަށް ބޭނުންވާ ވަރަށް ތަންފީޛުކޮށްފަ އޮތްތޯ؟ ދެން އެއާ ގުޅި އެއަށްފަހުގައި ކަރެކްޝަންސުން އެ ކުށްވެރިއަކާ ދޭތެރޭގައި ދެކޭ ގޮތާ، އެމީހަކު ކުށަށް ލުއި ދިނުމަށް، މިނިވަން ކުރުމުގައި ކަމެއް ކުރެވޭނެ އެބޭތޯ. އެ ހުރިހާ އެއްޗެއްގެ އަލީގައި އަޅުގަނޑާ ހިސާބަށް އައި ލިޔުމުގައި އޮންނަނީ އަޙްމަދު އަދީބަށް ލުއި ދިނުމަށް

ރައީސް ސޯލިހް ވިދާޅުވިއެވެ

އަދީބަށް ލުއިދިން މައްސަލާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ލުއި ދިނީ ހަމައެކަނި ޖިނާއީ މައްސަލަތަކަށް ބެލުމަށްފަހު އެކަނިކަމަށެވެ. މައްސަލާގެ މަދަނީ ބައި މިހާރުވެސް ކުރިއަށް ގެންދެވޭނޭ ކަމަށާއި، އެކަން މިހާރު ކުރިއަށް ނުދަނީ ކީއްވެތޯވެސް ސޯލިހް ސުވާލުކުރެއްވިއެވެ.

ރައީސް ސޯލިހު އަދީބަށް މައާފްދެއްވާފައިވަނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށެވެ. އެ މައްސަލާގައި ހިމެނޭ އަދީބާއި ޒިޔަތަށް ރައީސް ސޯލިހް މައާފްދެއްވީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އަހުމަދު އަދީބަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 އަހަރުްނ ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލަތަކާ ގުޅިގެންނެވެ. މި މައްސަލާގައި އޭރު ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިމް ޝަމީމް ވިދާޅުވެފައިވަނީ، އަދީބަށް ގިނަ ދައުވާތަކެއް އުފުލޭއިރު އެ މައްސަލަތަކުން މުޅި ޖުމްލަ ޖަލު އަދަބު 800 އަހަރަށް އަރާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.