ކުރިނބީ ކައުންސިލް އިދާރާ..
ހަބަރު
16 May 2026 | 15:20
ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ކުރިނބީގައި އިމާރާތްކުރި އެރަށު ކައުންސިލް އިދާރާގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވާފައިވަނީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އިމާރާތް ހުޅުވާފައިވަނީ، އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި، ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމެވެ.

ކުރިނބީ ކައުންސިލް އިދާރާއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި އިމާރާތެކެވެ. ޖުމްލަ 5.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ، އެލްޖީއޭގެ ޕީއެސްޕީ ބަޖެޓްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ރައީސް ނިމާލް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އާއިރު ހުއްޓިފައި އޮތް މި މަޝްރޫޢުގެ ނިމިފައިވަނީ އެންމެ ދެ އިންސައްތަ މަސައްކަތް ކަމަށެވެ. އެގޮތުން ކުރިނބީ ކައުންސިލް އިދާރާގެ މަސައްކަތް ނިންމާލެވުނީ، މި ސަރުކާރުން ކުރި މަސައްކަތުންކަން ނިމާލްގެ ވާހަކާގައި ފާހަގަކުރިއެވެ.

ކުރިނބީ ކައުންސިލް އިދާރާ ހުޅޫވުމުގެ ތެރެއިން..

މި ރަސްމިއްޔާތުގައި ކުރިނބީ ކައުންސިލާއި އަލަށް ހޮވުނު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިތީގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ކުރިނބީ ކައުންސިލް އިދާރާ ހުޅޫވުމުގެ ތެރެއިން..

ކުރިނބީ ކައުންސިލް އިދާރާގެ އިމާރާތަކީ ވަރަށް ކުރިންސުރެ ބޭނުން ކުރަމުން އަންނަ ވަރަށް ދުަވސްވީ އިމާރާތެކެވެ. ސަރުކާރުން ބުނީ ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތާއެކު ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިެގންދާނޭކަމަށެވެ.

ކުރިނބީ ކައުންސިލް އިދާރާ ހުޅޫވުމުގެ ތެރެއިން..

މި ސަރުކާރުން ގެންދަނީ ވީރާނާވެފައިވާ ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ބަދަލުގައި އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.