އަބްދުﷲ ޝާހިދު
ހަބަރު
17 May 2026 | 15:21
ދުނިޔެ ސުލްޙަވެރިކަމާއި އުއްމީދުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ އޮތީ ޒުވާނުންގެ އަތްމަތީގައި: ޝާހިދު

ދުނިޔެ ސުލްޙަވެރިކަމާއި އުއްމީދުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ މިއަދު އޮތީ ޒުވާނުންގެ އަތްމަތީގައިކަމަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އޭޝިއާ ވޯލްޑް މޮޑެލް ޔުނައިޓެޑް ނޭޝަންސް (އޭ.ޑަބްލިޔު.އެމް.ޔޫ.އެން) ގެ 14 ވަނަ ބައްދަލުވުމުގައި  ވީޑިއޯ މެސެޖް މެދުވެރިކޮށް ޝާހިދުދެއްވި ތަގްރީރުގައި ޝާހިދު ވިދާޅުވީ، ޒުވާނުންނަކީ ހަމައެކަނި މުސްތަޤުބަލެއް ނޫން ކަމަށާއި، އެއީ މިއަދުގެވެސް ބާރު ކަމަށެވެ. އަދި މިއަދުގެ ދުނިޔެއަށް ބޭނުންވަނީ އެކަކު އަނެކަކަށް އަޅާލާ، ޖަވާބުދާރީވާނެ، އަދި ގުޅިގެން މަސައްކަތްކުރާނެ އައު ލީޑަޝިޕެއް ކަމަށެވެ.

އެގޮތުން ބައިބައިވުމުގެ ބަދަލުގައި ޑިޕްލޮމަސީ އިޚްތިޔާރުކުރުމަށް ޝާހިދު ވަނީ ޒުވާނުންނަށް ގޮވާލައްވާފައެވެ. ޝާހިދު ވިދާޅުވީ، މުސްތަޤުބަލުގެ ރާޅުތައް ދުނިޔެއާ ބައްދަލުކުރަމުންދާއިރު، ދުނިޔެ ސުލްޙަވެރިކަމާއި އުންމީދުގެ އައްސޭރިއަކަށް ގެންގޮސްދިނުމުގެ ޒިންމާ އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.

މި ތަގްރީރުގައި ޝާހިދު ވަނީ އެމަނިކުފާނު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރަކީ ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތު" އިއްތިފާގުވީ ކޮވިޑް-19 ގެ ނާމާން ދުވަސްވަރާ ކަމަށާއި، އޭގެ ފަހުން އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ، ހިނގި ކަންކަން ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ދުނިޔެ އޮތީ ނުރައްކާތެރި ހަތަރުއަނގޮޅިއެއްގެ މަތީގައި ކަމަށާއި، ހަނގުރާމަތަކާއި، ލޭއޮހޮރުވުންތަކާއި، އިޤްތިޞާދީ ދަތިތަކުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނިއްޔަތަށް ބޮޑެތި ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ގޮންޖެހުންތަކަކީ ދިވެހިރާއްޖެއަށް ދުރުގައި އޮތް ޚިޔާލެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކު ތަޙައްމަލުކުރަމުންދާ ޙަޤީޤަތެއް ކަމަށެވެ. އެހެންނަމަވެސް، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށްވާތަން ބަލައިގެން ތިބޭނެ ޤައުމެއް ނޫންކަން ފާހަގަކުރައްވައި، ރާއްޖެއަކީ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި، ދެމެހެއްޓެނިވިކަމުގެ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި އިޤްތިޞާދުގެ ތަނބެއް ނޫން ކަމަށާއި، އެއީ ބައިނަލްއަޤުވާމީ މުޖުތަމަޢާ ރާއްޖެ ގުޅުވައިދޭ އަދި ދުނިޔެ ރައްކާތެރިކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ފާލަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މޮޑެލް ޔުނައިޓެޑް ނޭޝަންސް ފަދަ ތަޢުލީމީ ޙަރަކާތްތަކުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން، މިއީ ހަމައެކަނި ދަރިވަރުންގެ މެދުގައި ރަޙުމަތްތެރިކަން އުފައްދާ ބައްދަލުވުންތަކެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިފަދަ ޙަރަކާތްތަކަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އާ އީޖާދުތަކަށް މަގުފަހިކުރުމަށާއި، އަދި ޤައުމުތަކުގެ މެދުގައި އޮންނަ ސަގާފީ އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ރަން ފުރުޞަތުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.