އެލްޖީއޭގެ ސީއީއޯ ނިމާލް- ފޮޓޯ/ އެލްޖީއޭ
ހަބަރު
22 May 2026 | 14:56
ޑަބްލިޔުޑީސީ ރައީސާއިންނަށް އިތުރު މަޤާމެއްގައި ނޫޅެވޭނެ؛ މުސާރަ ބޮޑު ކުރީ އަންހެނުން ބާރުވެރިކުރުވުމަށް: ނިމާލް

ޑަބްލިޔުޑީސީ ރައީސާއިންގެ މުސާރަ ބޮަޑު ކުރުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ރައްދުދެއްވައިފިއެވެ. 

ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރައަށް ބަދަލު ގެނެސް އެކަން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަގެ ގޮތުގައި ހަމަޖެއްސީ 41,000 ރުފިޔާ އެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައެއްގެ ގޮތުގައި 21,000 ރުފިޔާ އެވެ. 

އެއަށް އަމާޒުުވި ފާޑުކިޔުންތަކާއި ގުޅިގެން ފަހުން ޕޭ ކޮމިޝަނުން ވަނީ ސިޓީތަކުގެ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 20،000ރ. ދިނުމަށާއި އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 15،000ރ. ދިނުމަށް ނިންމާފައެވެ. އެކަން ނިމާލްވެސް ވަނީ ”ވޮއިސް“ އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެގޮތުން ”ވޮއިސް“ އަށް ދެއްވި ބަސްދީގަތުމެއްގައި ނިމާލް ވިދާޅުވީ، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ އެލަވަންސް ބޮޑުކުރީ 7،000ރ. އަށް ކަމަށާ ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ އެލަވަންސް ބޮޑުކުރީ 6،000ރ. އަށް ކަމަށެވެ.

އަދި ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ އެލަވަންސް 5000ރ އިން 6000ރއަށް ބޮޑުކުރިއިރު، ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުންގެ އެލަވަންސް 4000ރ އިން 5000ރއަށް ބޮޑުކޮށްފައިވާކަމަށް ނިމާލް ވިދާޅުވިއެވެ.

ނިމާލް އިތުރަށް ވިދާޅުވީ، ފާއިތުވެދިޔަ ދައުރު ތަކާއި ޚިލާފަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންގެ ވަޒީފާއަކީ މިހާރު ފުލްޓައިމް ވަޒީފާއެއް ކަމަށެވެ. އެހެންކަމުން، އެ ވަޒީފާ އަދާކުރަމުން ސިވިލް ސާވިސްގެ އެހެން ވަޒީފާއެއް އަދާ ނުކުރެވޭނެ ކަމަށެވެ. އަދި ޑަބްލިޔުޑީސީގެ މުސާރައަށް ގެނެވުނު ބަދަލަކީ އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަންވެސް ފާހަގަކުރެއްވިއެވެ. 

”މިއީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އާ ބާބެއް. މީގެ ކުރިން ރައީސް މުޢިއްޒުގެ މިސަރުކާރުން ވާނީ ޑަބްލިޔުޑީސީ މުވައްޒަފުންނަށް ރަމަޟާންމަހުގެ އިނާޔަތް ލިބޭގޮތް ހަދައިދީފައި.“ ނިމާލް ވިދާޅުވިއެވެ.

ކޮމެންޓް
ދެއްވަދޫ ކަތީބު
އެވަރުގެ ބޮޑު މުސާރަ ހަމަޖައްސަންޏާ ފުރަތަމަ ކަމަކަށް ކުރިމަތި ލެވޭނެ ތައުލީމީ ފެންވަރު ކަނޑައަޅަންވީ.މިހާރު ތީ ތައުލީމީ ގާބިލު މީހުންނަށް ކުރާ ޖެއްސުމެއްތީ.ފޭ ކޮމިޝަނުން ސަރުކާރަށް ޖެއްސުން ކުރަނީ.
24 May 2026
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން