ރެސްކިއު ޓީމުން އާންމުކޮށްފައިވާ ފޮޓޯތައް --
ހަބަރު
22 May 2026 | 17:34
ކަނޑުއަޑީން މުހިންމު ސާމާނުތަކެއް ނަގައިފި، ހޮހޮޅައިގެ ފޮޓޯތަކެއް

ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަން ދިޔަ އިޓަލީ ޑައިވަރުންތަކުގެ ހަށިގަނޑުތައް ހޯދާ އެ ހަށިގަނޑުތައް ނެގުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ތަހުގީގަށް ބޭނުންވާ މުހިންމު ސާމާނުތަކެއް ނަގާފައިވާ ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) ޔޫރަޕުން ބުނެފި އެވެ.

އެ ގުރޫޕުން ވަނީ އެންމެ ފަހުގެ ޑައިވިންއަށް ފަހު އޮޕަރޭޝަން ނިންމާލާފައިވާކަން ހާމަކޮށްފަ އެވެ. ފަހުގެ ޑައިވިން 50 މިނެޓަށް ކުރިއަށް ގެންދިޔަ އެވެ. މި ޑައިވިންގައި ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ނަގާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި ތަހުގީގީ އިދާރާތަކާއި އެތަކެތި ހަވާލުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ޑޭން އިން ވަނީ ހޮހޮޅައިގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުގައި ފެންނަނީ ކޭވްގެ ބޭރާއި އެތެރޭގެ ބައެއް މަންޒަރުތަކެވެ. އެ ގުރޫޕުން ބުނީ އެއީ ފުން އަދި އަނދިރި ހޮހޮޅައެއް ކަމަށެވެ.

ރެސްކިއު ޓީމުން އާންމުކޮށްފައިވާ ފޮޓޯތައް --

ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ތިން ގަޑިއިރުގެ އޮޕަރޭޝަނުގައި، ހޮހަޅައިގެ އެންމެ އެތެރޭގައި ތިބި މީހުންގެ ހަށިގަނޑުތައް ވަނީ ނަގާފަ އެވެ.

ހޮހަޅައިގެ ތެރޭގައި ހުރި ހަނި ގޯޅިތަކާއި، ވެލީގެ ސަބަބުން ފެންނަ މިންވަރު ދަށްވުމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވީނަމަވެސް ޓީމުން ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށް ހުރިހާ ހަށިގަނޑުތައް ވަނީ ނަގާފަ އެވެ. އަދި އެ ހަށިގަނޑުތައް އިޓަލީއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރެސްކިއު ޓީމުން އާންމުކޮށްފައިވާ ފޮޓޯތައް --

ފަހުގެ ޑައިވްގައި ހޮހަޅައިގެ މެޕެއް ތައްޔާރުކުރުމަށް ކުރަން ޖެހޭ މަސައްކަތަށްވެސް މައުލޫމާތާއި ފޮޓޯ/ވީޑިއޯ ނަގާފައިވެ އެވެ. އެ ގުރޫޕުން ވަނީ އެ މެޕް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހަވާލުކުރަން ނިންމާފަ އެވެ.

މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިމަހުގެ 16 ވަނަ ދުވަހު އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.