އާޖެންޓީނާގެ ޓީމް ދަތުރުކުރާ ހާއްސަ މަތިންދާބޯޓު.. ފޮޓޯ: އާޖެންޓީނާ ޤައުމީ އެއާލައިން
ކުޅިވަރު
23 May 2026 | 09:21
އާޖެންޓީނާގެ ޓީމް މިފަހަރު ވަރލްޑްކަޕަށް ދާނީ ހާއްސަ މަތިންދާބޯޓެއްގައި

މިފަހަރުެގ ވަރލްޑްކަޕްގައި ވާދަކުރާ އާޖެންޓީނާގެ ޓީމް ދަތުރުކުރުމަށް ހާއްސަ މަތުިންދާބޯޓެއް ތައްޔާރުކޮށްފިއެވެ.

މި މަތިންދާބޯޓު ތައްޔާރުކޮށްފައިވަނީ އާޖެންޓީނާގެ ޤައުމީ އެއާލައިން އެއިރޯލައިންސްއެވެ. މި ބޯޓު ތައްޔާރުކޮށްފައިވަނީ އެޤައުމުގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަދި އެންމެފަހުން ވަރލްޑްކަޕް އާޖެންޓީނާ ކާމިޔާބުކުރި ޓީމްގެ ކެޕްޓަން ލިއޮނެލް މެސީއަށް ނިސްބަތްވާ 10 ނަމްބަރު ތީމަކަށް ނަގައިގެންނެވެ. ޑިއޭގޯ މަރަޑޯނާއަކީ އާޖެންޓީނާގެ އިތުރުން ދުނިޔޭގައިވެސް މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާއެވެ. އަދި އާޖެންޓީނާ ރައްޔިތުން ސިފަކުރާގޮތުގައި ލިއޮނެލް މެސީއަކީވެސް ހަމަ އެ ދަރަޖައިގެ ކުޅުންތެރިއެކެވެ. މަރަޑޯނާ އަދި މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއިން ވަނީ ވަރލްޑްކަޕް ތަށި ހޯދާފައެވެ.

އެގޮތުން ބޯޓުގެ ފަހަތުގައި އާޖެންޓީނާގެ ޤައުމީ ޓީމްގެ ޖާޒީގެ ހާއްސަ ޑިޒައިންކަމަށްވާ ނޫކުލައިގެ ރޮނގާއެކު ވަނީ 10 ނަމްބަރު ޖަހާފައެވެ.

މީގެ އިތުރުން ބޯޓް އިންޖީނުގެ ބޭރު ވަނީ ޤައުމީޓީމްގެ ކެޕްޓަން ބޭންޑް ސިފަވާގޮތަށް ޑިޒައިންކޮށްފައެވެ. އާޖެންޓީނާގެ ޤައުމީ އެއާލައިނުން ޓީމު ދަތުރުކުރުމަށް ބޭނުންކުރުމަށް ނިންމާފައިވާ މި ބޯޓަކީ އެއާބަސް އޭ 300-200 މަރުކާގެ ބޯޓެކެވެ. 

މިފަހަރުގެ ވަރލްޑްކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ޖޭގައެވެ. އެޓީމް މިފަހަރު ލައްވާލީ ނިސްބަތުން ފަސޭހަ ޓީމްތަކެއް ހިމެނޭ ގްރޫޕަކަށެވެ. މި ގްރޫޕްގައި ހިމެނެނީ އާޖެންޓީނާގެ އިތުރުން އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އެވެ.

އާޖެންޓީނާއިން މިފަހަރުގެ ވަރލްޑްކަޕަށް ހާއްސަ މަތިންދާބޯޓެއް ތައްޔާރުކޮށްފައިވަނީ، މިފަހަރުގެ ވަރލްޑްކަޕަކީ ލިއޮނެލް މެސީގެ އެންމެ ފަހުގެ ވަރލްޑްކަޕް ކަމަށްވާތީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.