މަޖީދު.. ފޮޓޯ: ޕެންޝަން އޮފީސް
ހަބަރު
23 May 2026 | 18:12
ޕެންޝަން އޮފީހުގެ ޗެއާޕާސަންކަމުގެ މަގާމަށް އަބްދުލް މަޖީދު އަލީ އައްޔަނުކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއާޕާސަންކަމުގެ މަގާމަށް އެ އޮފީހުގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުލް މަޖީދު އަލީ އައްޔަނުކުރައްވައިފިއެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަނެއްގެ ގޮތުގައި މަޖީދު ހަމަޖެއްސިކަން އާއްމުކޮށްފައިވަނީ މިއަދެވެ. ޕެންޝަން އޮފީހުގެ ޗެއާޕާސަނެއްގެ ގޮތުގައި ބޭފުޅަކު ހަމަޖައްސަވާފައިމިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި  ޑރ. އަހުމަދު އިނާޒް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. އިނާޡް މަގާމުން އިސްތިއުފާދެއްވާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ.

ންޝަން އޮފީހުގެ ޗެއަރޕަރސަން ކަމުގެ މަޤާމުގައި ހުންނެވި ޑރ.އީނާޒް މަޤާމުން އިސްތިއުފާދެއްވި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލައިގައި އެއްގަލަކަށް ނޭރިގެންނެވެ.

ޕެންޝަން އޮފީހުގެ ޗެއާއަކަށް ހަމަޖެއްސެވި މަޖީދު ވަނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ބޯޑުގައި ތަމްސީލް ކުރައްވާފައެވެ. 

މަޖީދަކީ ކާކު؟

މަޖީދަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓަރޑް އޮޑިޓް ކުންފުންޏެއް ކަމަށްވާ އޮޕްޓިމޯރ އެލް.އެލް.ޕީ ގެ މެނޭޖިންގ ޑައިރެކްޓަރ އެވެ.

އޮޕްޓިމޯ އެލް.އެލް.ޕީ އުފެދުމުގެ ކުރިން މަޖީދުވަނީ ބޭންކް އޮފް މޯލްޑިވްސް އަދި ބޭންކް އޮފް ސިލޯން އަށް ޚިދުމަތް ކޮށްދެއްވައި ބޭންކިންގ އެންޑް ފައިނޭންސްގެ ރޮގުން ތަޖުރިބާ ހާސިލްކުރައްވާފައެވެ. އަދި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން އެއޮތޯރިޓީއަށް ޚިދުމަތް ކޮށްދެއްވައި، މިމުއްދަތުގައި އެއޮތޯރިޓީގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައިވެސް ޚިދުމަތްކޮށްދެއްވާފައިވެއެވެ.

ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ގިނަ ޕްރޮޖެކްޓް ތަކެއްގައި މަޖީދު ވަނީ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިގޮތުން، ފާހަގަކޮށްލެވޭ ޕްރޮޖެކްޓް ތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ފަންޑްކޮށް ކުރިއަށްގެންދިޔަ 'ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް' އަދި ޔޫކޭގެ އިސްލާމިކް ފައިނޭންސް އެޝުއަރެންސް އެންޑް އެޑްވައިޒަރީ ސަރވިސަސް އިން ހިންގި 'މައިކްރޯ-އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް' ހިމެނެއެވެ.

މަޖީދު ވަނީ ވޭލްސްގެ ކާރޑިފް ޔުނިވަރސިޓީ އިން 'މާސްޓަރ އޮފް ސައިންސް އިން އިންޓަރނޭޝަނަލް އިކޮނޮމިކްސް، ބޭންކިންގް އެންޑް ފައިނޭންސް' ޙާޞިލްކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.