ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުالله
ހަބަރު
24 May 2026 | 12:17
”މިއީ ނަޝީދު ޗެއަރޕާސަން ކަމަށް ކުރިމަތިލައްވާއިރު އެހެން ބޭފުޅަކަށް ފުރުސަތު ދޭންޖެހޭ ދަނޑިވަޅެއް ނޫން“

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ މަގާމުގައި ހިދުމަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ދަނޑިވަޅެއްގައި، އެހެން ފަރާތަކަށް އެ ފުރުސަތު ދޭންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުالله ވިދާޅުވެއްޖެއެވެ.  

ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުالله މިހެން ވިދާޅުވީ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭގޮތުން އެނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު ޕާޓީއަށް އެންމެ ބޮޑަށް ބޭނުންވަނީ އެމް.ޑީ.ޕީގެ އަސްލު ސިޔާސަތުތައް ނަގަހައްޓާނެ ވަރުގަދަ ސިޔާސީ ލީޑަރެކެވެ.

"އެންމެނަށްވެސް ގަބޫލުކުރެވޭ ހަގީގަތަކީ، ޕާޓީއަށްވެސް ގައުމަށްވެސް ބޮޑު ބަދަލެއް އަންނަންޖެހޭކަން. އެފަދަ ބޮޑު ބަދަލެއް ގެނައުމަށް ބޭނުންވަނީ ތަޖުރިބާހުރި ހިތްވަރުގަދަ ލީޑަރެއް،" އަހުމަދު އަބްދުاللهގެ ޕޯސްޓުގައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި އަދި މުޅި އުތުރުގެ ސަރަހައްދަށްވެސް އެންމެ ފައިދާހުރި ގޮތަކީ މި ބަދަލު ގެނައުމަށްޓަކައި ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދަށް ތާއީދުކުރުން ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ކުޅުދުއްފުށި ސިޓީން ރައީސް ނަޝީދަށް ބޮޑު ތާއީދެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"މާތް ﷲގެ ހެޔޮރަހުމަތާއި އެކު، އެކުގައި ކުރާ މަސައްކަތުން ކުޅުދުއްފުށި ސިޓީ ބޮޑުތަނުން ރައީސް ނަޝީދު ނަގާނެ،" އޭނާ ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑީ ރައީސް ނަޝީދާއި، މެންބަރު މީކާއިލް އަހުމަދު ނަސީމްއާ ދެމެދުގައެވެ. 

ކޮމެންޓް
ޖާނޭ
ކޮންކަހަލަ އިންސާފެއް 2 އަހަރު ވެރިކަން ކޮށްފައި ދައުލަތުގެ ބައިތުލްމާލުން އިނާޔަތުގޮތުގައި ޙަރާމް ފައިސާކަމުންދާ އަންނިއަށް އޮތް ތަޖުރިބާއަކީ ލާދީނަށް ގައުމު ދުއްވާ ހުޅު ޖެހުން ވަރަށް ވަރަށްސާފް
24 May 2026
ސައްލި
އިބޫ ވިދާޅުވީ ޒުވާނުންނަށް ފުރުޞަތު ދޭން ޖެހޭ ކަމަށް. މިދިޔަ ރިޔާސީ އިންތިޚާބުގައި އިބޫ ވާދަ ކުރެއްވީ ޒުވާނަކަށް ވެގެންތޯ؟
25 May 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.