ކިނޮޅަހު އީދު ހަރަކާތުގެ ތެރެއިން-
ހަބަރު
26 May 2026 | 16:00
ކިނޮޅަހުގެ އީދު ފޯރި މި އަހަރުވެސް ދީނީ ތަރަހައިގެ ތެރެއިން

ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ފާހަގަކުރަމުންދާ ރ. ކިނޮޅަހުގެ އަޟުހާ އީދުގެ ހަރަކާތްތައް މި އަހަރުވެސް ދީނީ ތަރަހައިގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެ ރަށުން ތައްޔާރުވެއްޖެއެވެ.

މިއީ މިއުޒިކާއި، ބޮޑުބެރާއި، ދެ ޖިންސު މަސްހުނިވުން ފަދަ ކަންކަން ނުހިމަނައި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރުމަށް ކިނޮޅަހުގެ ރައްޔިތުން މީގެ 15 އަހަރު ކުރިން ނިންމި ތާރީޚީ ނިންމުމުގެ ދަށުން ބާއްވާ ސިލްސިލާ ހަރަކާތްތަކެކެވެ. ރަށު ކައުންސިލާއި، މުއައްސަސާތަކާއި، ޖަމިއްޔާތައް ގުޅިގެން ރާވާފައިވާ މި ޕްރޮގްރާމްގައި ފިރިހެނުންނާއި އަންހެނުންނަށް ޚާއްޞަ ކުޅިވަރުތައް ވަނީ ވަކިވަކިން ތަރުތީބުކުރެވިފައެވެ.

ކައުންސިލްގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވި ގޮތުގައި، ދިވެހި ސަގާފަތުގައި ހިމެނޭ ދީނާ ޚިލާފު ކަންތައްތައް ނުލައި އީދު ފާހަގަކުރުމަކީ ކައުންސިލުން އެންމެ އިސްކަންދޭ ކަންތައްތަކެވެ.

"ސަގާފީ ކަންކަން ވެސް ދީނީ އިމުގެ ތެރޭގައި އީދުގައި ހިމެނޭނެ،" އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ އީދުގައި އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ފެނިގެންދާނީ މަޝްހޫރު ދަތުރުވެރިޔާ އިބުނު ބަތޫތާގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ހަރަކާތްތަކެވެ.

ހޯމަ ދުވަހު މަސް ރޭހަކުން އީދުގެ ފޯރި ފަށާފައިވާއިރު، އީދު ވިލޭރޭ މުޅި ރަށް ދިއްލާލައި، ”އިބުނު ބަތޫތާ“ އެ ރަށަށް ޒިޔާރަތްކުރުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި އެކަލޭގެފާނުގެ ޝަރަފުގައި 7 ބަޑީގެ ސަލާމެއް އެރުވުމާއި ހޫނު މަރުޙަބާއެއް ކިޔުން އޮންނާނެއެވެ.

އީދު ދުވަހުގެ ހަރަކާތްތައް ފެށޭނީ އީދު ނަމާދަށްފަހު ބާއްވާ ޚާއްޞަ އީދު ސަޔަކުންނެވެ. އަދި މުޅި ރަށުގެ ރައްޔިތުންނާއި މެހެމާނުންނަށް މެންދުރުގެ ޖާފަތެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އީދުގެ ހަތަރު ދުވަހުވެސް ރަށުގެ ގޭގެއިން މެހެމާނުންނަށް ސައިގެ ދައުވަތު ދެވޭނެއެވެ. އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ތިންމުގޯލި، ފައިގަތަޅާ، ބަށިބޯޅަ އަދި ބީޗް ހޭންޑްބޯޅަ ފަދަ ގިނަ ކުޅިވަރުތަކެއް ތާވަލުކޮށްފައިވެއެވެ.

ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ގުދުބެ ހެއްދުމާއި، މަހާއި ކޯޑި ނެރުމުގެ އިތުރުން ފުޅަނދުބުރުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ. އީދުގެ ތިންވަނަ ދުވަހު އިބުނު ބަތޫތާގެ ޝަރަފުގައި ބާއްވާ ބޮޑު ބާބަކިއުއެއް އޮންނާނެއެވެ. މި ކެއުން ތައްޔާރުކުރުމުގެ އެންމެހާ ކަންކަމުގައި އުޅޭނީ ފިރިހެނުންނެވެ. އެރޭ ހަވާ އެރުވުމާއެކު އިބުނު ބަތޫތާ ފުރުވާލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ފޯރިގަދަ އީދު ނިންމާލުމަށް ހަމަޖެހިފައިވަނީ "އީދު ފުރުވާލުން" ހަރަކާތުންނެވެ. މި ހަރަކާތުގައި ރަށުތެރެ ދިއްލުމުގެ މުބާރާތުން އެންމެ ރީއްޗަށް ދިއްލާލާފައިވާ 10 ގެއަކަށް އިނާމު ދިނުން އޮންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.