ރޯޔަލް ސިޓީ އާއި އައްސޭރި ބައްދަލު ކުރިމެޗްގެ ތެރެއިން..
ހަބަރު
28 May 2026 | 01:39
ރޯޔަލް ސިޓީން އައްސޭރިކޮޅަށް 7 ލަނޑުޖަހައި ފެންވަރު ދައްކާލައިފި

ރޭ ފެށި "ކުޑަހުވަދޫ ބޮޑުއީދު ފުޓްސަލް ޗެލެންޖް 1447" މުބާރާތުގެ ދެވަނަ މެޗްގައި ރޯޔަލް ސިޓީ އާއި އައްސޭރި ބައްދަލު ކުރިމެޗް ތަފާތުބޮޑު ނަތީޖާއަކުން ރޯޔަލް ކާމިޔާބުކޮށްފިއެވެ.

މިމެޗް ރޯޔަލް ކާމިޔާބުކުރީ 7-3 ގެ ނަތީޖާއަކުންނެވެ. މެޗް ފެށިގެން މާ ގިނައިރެއް ނުވެ ރޯޔަލްސް ސިޓީން ކުރި ހޯދިއެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޒިހާންއެވެ. ނަމަވެސް އައްސޭރި އެސްސީން ވަނީ، އޭގެ މިނެޓެއް ފަހުން ލަނޑެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ރަޝީދެވެ. ދެވަނަ ފަހަރަށް ރޯޔަލްސް ސިޓީއަށް ލީޑް ނަގައިދިނީ 10 ވަނަ މިނެޓް ތެރޭގައި އެމާދު ސޮލިމަން ޖެހި ގޯލުންނެވެ. އެމާދު ލަނޑެއް ޖެހިތާ މާ ގިނައިރެއް ނުވެ ހުސައިން އިފްހާމް ވަނީ އިތުރު ލަނޑެއް ޖަހައި ރޯޔަލްސް ސިޓީގެ ލީޑް ފުޅާކޮށްދީފައެވެ.

މެޗުގެ ފަހު ބައިގައި ރޯޔަލްސް ސިޓީން ދެމިގެންދިޔަ ހަމަލާތަކާ އެކު އިތުރު ލަނޑުތައް ކާމިޔާބުކުރިއެވެ. ރޯޔަލްސް ސިޓީގެ ބާކީ ގޯލްތައް ކާމިޔާބުކޮށްދިނީ އެމާދު، އިފްހާމް، އަޙްނަފް އިސްމާޢީލް އަދި މުޙައްމަދު އަލްޔަސް އެވެ. އައްސޭރީގެ ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޒަލަފް އަޙްމަދު އަދި ރައްޔާން ބިން އިސްމާޢީލެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ރޯޔަލްސް ސިޓީގެ އެމާދު ސޮލިމަންއެވެ. މެޗްގައި އެމާދު ވަނީ ދެ ލަނޑުޖަހައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ރޯޔަލްސް ސިޓީގެ އެމާދު

މި ނަތީޖާއާ ގްރޫޕް އެކެއްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު ފައިދާ ގޯލުން ކުރީގައި އޮތީ މައިދާނެވެ. ދެވަނާގައި އޮތީ ރޯޔަލްއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.