މައިދާނާއި އައްސޭރި ބައްދަލުކުރިމެޗްގެ ތެރެއިން..
ހަބަރު
29 May 2026 | 14:30
ޝަރުމާދުގެ މޮޅުކުޅުމާއެކު، މައިދާނުން އައްސޭރިކޮޅަށް ލަނޑު ގޯންޏެއް

ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1447 ގެ ގްރޫޕް އެކެއްގައި މައިދާން އެސްސީ އާއި އައްސޭރި އެސްސީ ބައްދަލުކުރި މެޗު ތަފާތުބޮޑު ނަތީޖާއަކުން މައިދާނުން ކާމިޔާބުކޮށްފިއެވެ.

 ދ. ކުޑަހުވަދޫ އަކިރެޔެރޭ ފުޓްސަލް ގްރައުންޑުގައި ރޭ ކުޅުނު މި މެޗުގައި ތަރިއަކަށްވީ މައިދާނަށް ފަސް ގޯލް ޖެހި ޢަބްދުﷲ ޝަރުމަދެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓް ތެރޭގައި މައިދާނުން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ އަޒްވާނެވެ. މެޗުގެ ކުރީކޮޅުގައި ލީޑު ނެގުމާއެކު މައިދާނުން ދެން ފެނިގެންދިޔައީ ގޯލަކަށް ފަހު ގޯލް ޖަހަމުން ދިޔަ ތަނެވެ. ޝަރުމަދު މި މެޗުގައި ފަސް ލަނޑު ކާމިޔާބުކުރިއިރު، މައިދާނަށް ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަލީ ފަޒީން، އިބްރާހީމް ހުޝާމް އަދި އަޙްމަދު ޝާނިޢު އެވެ. މެޗްގައި އައްސޭރި ޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ، ރައްޔާން ބިން އިސްމާޢީލް އަދި ސަނޫފް އަޙްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ފަސް ލަނޑު ޖެހި ޢަބްދުﷲ ޝަރުމަދެވެ. 

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝަރުމަދު

މި ނަތީޖާއާ އެކު ގްރޫޕް އެކެއްގައި މައިދާން އެސްސީން ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ތާވަލުގެ ކުރީގައި ހަމަޖެހިލިއިރު، އައްސޭރި އުޅެނީ ކުޅުނު ދެ މެޗުން ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.