އައްކަން އާއި ކަންމަތި ބައްދަލުކުރި މެޗްގެ ތެރެއިން..
ހަބަރު
29 May 2026 | 22:23
އައްކަން ބަލިކޮށް، ގުޅުން ކަންމަތި ސްޕޯޓްސްއަށް މުހިންމު މޮޅެއް

ދ. ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖް 1447 ގެ ގްރޫޕް ދޭއްގައި އައްކަން ސްޕޯޓްސް ބަލިކޮށް ގުޅުން ކަންމަތި ސްޕޯޓްސް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ކުޅުނު ފުރަތަމަ މެޗުން ބަލިވުމުން މިރޭ އައްކަން އާ ދެކޮޅަށް ކަންމަތިން ނިކުތީ، ސީދާ ތިން ޕޮއިންޓް ހޯދައި ކުރިއަށްއޮތް ބުރަށް ދިއުމުގެ އުއްމީދުގައެވެ. އައްކަން އާ ދެކޮޅަށް ކުޅުނު މިމެޗް ކަންމަތި ކާމިޔާބުކުރީ 2-5 ގެނަތީޖާއިންނެވެ.

މެޗްގައި ކަންމައްޗަށް ގޯލް ހުޅުވާލަދިނީ، މުހައްމަދު އިހުސާނެވެ. ކަންމަތިން ގޯލެއް ޖަހައި ލީޑް ނަގާފައިވަނިކޮށް އައްކަންގެ އިސްމާއީލް އައްމަރު އަހުމަދު ވަނީ 17 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗް އެއްވަރުކޮށްފައެވެ. އައްކަންއިން މެޗް އެއްވަރުކޮށްފައިވަނިކޮށް، ކަންމައްޗަށް ދެވަނަ ފަހަރަށް ލީށް ނަގައިދިނީ، 20 ވަނަ މިނެޓް ތެރޭގައި ސަލްމާން ލުގްމާނެވެ. މެޗްގައި ދެން ކަންމައްޗަށް ގޯލްތައް ޖަހައިދިނީ، މުހައްމަދު އިހްސާން، ލުޖައިން ހުސައިން އަދި ސާހިލް މުހައްމަދެވެ.

އައްކަންގެ ދެވަނަ ލަނޑު ޖަހައިދިނީ، ޖުމާން އަބްދުލް ޖަލީލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އަޙުމަދު ޝިނާޒެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އެވޯޑް ހަވާލުކުރުން

މި ނަތީޖާއާ އެކު ގްރޫޕް 2 ގެ ތާވަލަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ގުޅުން ކަންމަތި އެސްސީ އަށް ތިން ޕޮއިންޓް ލިބި، ޑްރީމް އެފްސީ އާއި ރުޙުދާ އެސްސީ އާ އެއް ހަމައަކަށް ވަނީ ޖެހިލައިފައެވެ.

ގްރޫޕްގެ އެންމެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އައްކަން އޮތްއިރު، ގްރޫޕުން ދެވަނަ ބުރަށް ދިއުމަށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުން އެޓީމަށް މަޖުބޫރެވެ. ނަމަވެސް އެޓީމަށް ފުރުސަތެއް ދެން އޮތީ ކުރިއަށް ހުރި މެޗްތަކުގެ ނަތީޖާތައްވެސް ނިކުންނަ ގޮތަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.