ޖަޕާނުގެ ޓޯކިޔޯގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދު ކަމަށްވާ ޝިބުޔާ
ދުނިޔެ
02 Jun 2026 | 08:46
ޓޯކިޔޯގެ މަޝްހޫރު ޝިބުޔާގައި އާއްމު ތަންތަނަށް ކުނި އަޅާ މީހުން ވަގުތުން ޖޫރިމަނާކުރަން ފަށައިފި

ޖަޕާނުގެ ޓޯކިޔޯގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދު ކަމަށްވާ ޝިބުޔާ ވޯޑުގެ މަގުތަކަށާއި ޕާކުތަކަށް ކުނި އަޅާ މީހުން ވަގުތުން ޖޫރިމަނާ ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން، ކުނި އަޅާ ކޮންމެ މީހަކު 2،000 ޖަޕަނީޒް ޔެން (ގާތްގަނޑަކަށް 13 ޑޮލަރު) އިން ޖޫރިމަނާ ކުރާނެއެވެ.

މަޝްހޫރު 'ޝިބުޔާ ކްރޮސިން' ހިމެނޭ މި ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް ހިންގާ މި ކެމްޕޭނުގެ ޝިއާރަކީ "ކުނި އުކާލައިފިނަމަ، ފައިސާ ގެއްލޭނެ" (if you throw trash, you lose cash) އެވެ. މި ޖޫރިމަނާ ފައިސާ ނަގާނީ އެވަގުތުން ވަގުތަށެވެ. ފައިސާ ދެއްކުމުގައި ނަގުދު ފައިސާގެ އިތުރުން ކްރެޑިޓް ކާޑާއި ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޝިބުޔާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި އުސޫލު ތަންފީޒު ކުރުމަށްޓަކައި 50 އަށް ވުރެ ގިނަ އޮފިޝަލުން އެކި ސަރަހައްދުތަކުގައި ފޯރިމަރަމުންދާނެއެވެ. އަދި ކުނި އަޅާ މީހުންގެ އިތުރުން، ކުނި ވަށިގަނޑު ބަހައްޓާފައި ނުވާ ކާބޯތަކެތި ވިއްކާ ތަންތަން ހިންގާ ފަރާތްތައް ވެސް ޖޫރިމަނާ ކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝިބުޔާ ސަރަހައްދުގައި ފަތުރުވެރިން ހިމެނޭހެން ގިނަ ބަޔަކު މަގުތަކަށް ކުނި އެޅުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޝިބުޔާ ވޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުނި ވަށިގަނޑު ނެތުމަކީ މަގުމައްޗަށް ކުނި އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށާއި، އެންމެންނަށް އުފަލުގައި އުޅެވޭނެ މާހައުލެއް ގާއިމުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ޖަޕާނަކީ އާންމު ތަންތަނުގައި ކުނި ވަށިގަނޑު ވަރަށް މަދު ގައުމެކެވެ. އެގޮތުން މީގެ ކުރިން އެގައުމުގައި ދީފައިވާ ބައެއް ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުނިވަށިގަނޑުތައް މަދުކުރިއެވެ. މިދިޔަ އަހަރު ސަރުކާރުން ކުރި ސާވޭއަކުން ދައްކާގޮތުގައި، ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ދަތިކަމަކީ އާންމު ތަންތަނުގައި ކުނިވަށިގަނޑު ނެތުމެވެ.

2025 ވަނަ އަހަރު ޖަޕާނަށް ރެކޯޑު އަދަދަކަށް، 42.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އިތުރުވުމުގެ ސަބަބުން އެގައުމުގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބާރުބޮޑުވެފައެވެ. ފޫޖީ ފަރުބަދަ ކައިރީގައި އޮންނަ ފުޖިޔޮޝިދާ ފަދަ ރަށްރަށުގައި ވެސް ޓްރެފިކް ތޮއްޖެހުމާއި ކުނީގެ މައްސަލަ ބޮޑުވެ، މިއަހަރުގެ 'ޗެރީ ބްލޮސަމް' ފެސްޓިވަލް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ފަތުރުވެރިން އިތުރުވުމުން ކުރިމަތިވާ މިފަދަ މައްސަލަތައް ހައްލުކުރުމަށް ޖަޕާން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ފަތުރުވެރިންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމާއި، އެކި ސަރަހައްދުތަކުގައި މީހުން ތޮއްޖެހިފައިވާ މިންވަރު ވަގުތުން ބަލާލެވޭނެ އެޕްލިކޭޝަންތައް ތައާރަފުކުރުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.