ރައީސް ސޯލިހް އަދި މީކާއީލް
ހަބަރު
02 Jun 2026 | 20:16
ރައީސް ސޯލިހާއެކު އިތުބާރު ޓީމުން ހުރިހާ ސިޓީތަކަށް

އެމްޑީޕީގެ ޗެއާޕާސަން އިންްތިހާބުގައި ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމްގެ "އިތުބާރު" ކެމްޕެއިން ޓީމުން ހުރިހާ ސިޓީތަކަށް ކުރާ ދަތުރުތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަަންނަވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

ރައީސް ސޯލިހްގެ ތާއީދު އޮތީ މީކާއީލަށެވެ. އެކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ. ނަމަވެސް ރަސްމީކޮށް އަދި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.

"އިތުބާރު" ކެމްޕެއިން ޓީމުން ބުނީ މި މަހުގެ ފަހަކުން 10 އަކަށް އެ ޓީމުގެ ކެމްޕެއިން ހަރަކާތްތައް ފަސް ސިޓީގައި ކުރިއަށްދާނެ ކަމަށެވެ. މި ދަތުރުތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެފައިވެ އެވެ.

އެ ޓީމުން ފުރަތަމަ ދާނީ ފުވައްމުލަކު ސިޓީއަށެވެ. އެއީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. ހަވަނަ ދުވަހު ތިނަދޫ ސިޓީއަށް ދާނެ އެވެ. އަދި ހަތްވަނަ ދުވަހު އައްޑޫ ސިޓީއަށް ދާނެ އެވެ.

ކުޅުދުއްފުށި ސިޓީއަށް ދާނީ ޖޫން ނުވަވަނަ ދުވަހު އެވެ. އަދި ކެމްޕެއިން ނިންމުމުގެ ގޮތުން ޖޫން 10 ވަނަ ދުވަހު މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.