ނަމާދު ވަގުތައް ތޮއްޑޫ ކުޅިވަރުކުޅޭ ތަންތަން ބަންދުކުރުމާ ގުޅޭ މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ ތޮއްޑޫ ކައުންސިލް
ހަބަރު
03 Jun 2026 | 12:18
ނަމާދު ވަގުތުތަކުގައި ތޮއްޑޫގެ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމައިފި

ނަމާދު ވަގުތުތަކުގައި ރަށުގެ ކުޅިވަރު ކުޅޭ އެންމެހާ ސަރަހައްދުތައް ބަންދުކުރުމަށް ތޮއްޑޫ ކައުންސިލުން ނިންމައިފިއެވެ.

ތޮއްޑޫ ކައުންސިލުން އިއްޔެ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އިސްލާމީ ރިވެތި އާދަކާދަތައް ދެމެހެއްޓުމަށާއި ނަމާދަށް ދޭ ސަމާލުކަން އިތުރުކުރުމުގެ މަގުސަދުގައި، ކޮންމެ ދުވަހެއްގެ ނަމާދު ވަގުތުތަކާ ދިމާކޮށް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

މި ނިންމުމުގެ ދަށުން، ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 20:00 އާ ދެމެދު ކުޅިވަރު ކުޅޭ އެންމެހާ ތަންތަން ބަންދުވާނެއެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށްވެސް ކުޅިވަރު ކުޅޭ ސަރަހައްދުތަކުގައި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއްގެ ގޮތުގައި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އެންގުމާ އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ ބަލައި މޮނިޓަރ ކުރުމުގެ ޒިންމާ ވަނީ އެ ރަށު ކައުންސިލްގެ ޔޫތު އެސޯސިއޭޓް އަޒްޒާމް އަޙްމަދާއި، ސްޕޯޓްސް ކައުންސެލަރ މުޙައްމަދު މާޒިންއާ ހަވާލުކުރެވިފައެވެ.

ތޮއްޑޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ނަމާދު ވަގުތު ޖެހުމުން، ވަކި ވަގުތެއް ވަންދެން ކުޅިވަރުކުޅުން މަނާކޮށް، ކުޅިވަރުކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.