މާލޭ މޭޔަރު އާދަމް ޢާޒިމް- ފޮޓޯ/ މާލެސިޓީ ކައުންސިލް
ހަބަރު
03 Jun 2026 | 15:43
ލޯކަލް މާރުކޭޓުގައި ބިދޭސީންނަށް ނުތިބެވޭންވީ ސަބަބެއް ނުފެނޭ: އާޒިމް

ލޯކަލް މާރުކޭޓްތަކުގައި ބިދޭސީން ބައިތިއްބަނީ ދިވެހިން ނުލިބޭތީ ކަމަށާ، އެތަންތަނުގައި ބިދޭސީންނަށް ނުތިބެވެންވީ ސަބަބެއް ނެތް ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުގެ 5 ވަނަ ދައުރުގެ ދެވަނަ ރަސްމީ އާންމު ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ލަބާން ޝަރީފް ވަނީ މާލޭގެ މާރުކޭޓުތަކުގައި ބިދޭސީން ތިބޭކަން ފާހަގަކުރައްވައި އެފަދައިން ތިބުމަކީ ހުއްދަކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. 

އާޒިމް ވިދާޅުވީ، މާރުކޭޓުގައި ވަރަށް ދުވަސްވީ މީހުން ތިބޭ ކަމަށެވެ. އަދި އެމީހުންނަށް ދިވެހި މުވައްޒަފުން ނުލިބޭ ކަމަށާ ލިބޭ މުވައްޒަފުންވެސް ހަރުނުލާތީ ވިޔަފާރި ރަނގަޅަށް ނުކުރެވޭ ކަމަށެވެ. އެހެންކަމުން އެތަންތަނަށްވެސް ހޯމް މިނިސްޓްރީ މެދުވެރިކޮށް ކޯޓާ ހަމަޖައްސާކަން އާޒިމް ފާހަގަކުރެއްވިއެވެ. 

ލޯކަލް މާރުކޭޓުގައި ބޭރު މީހުންނަށް ނުތިބެވޭންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. ކޮންތަނަކުތޯ ބޭރުމީހުން ވަޒީފާގައި ނެތީ. މިހާރު މިޖެހޭ މައްސަލައަކީ ހަމައެކަނި ލޯކަލް މާރުކޭޓުގައި އިންނަ މީހާ އެތަނުގައި ބޭރު މީހެއް ބަހައްޓައިގެން މައްސަލަ ޖެހޭ. އެކަމަކު މާލޭގެ ކޮންމެ ކެފޭއެއްގައި، ރެސްޓޯރެންޓެއްގައި، ބޮޑެތި ރިސޯޓް ތަކުގައި، ކުންފުނި ތަކުގައި، ފިހާރަތަކުގައި (ބިދޭސީން) ނެތް ތަނެއް ނެތް. މިޖެހޭ މައްސަލައަކީ މުވައްޒަފުން ނުލިބެންޏާ ބޭރުމީހުން ގެނެސްގެން ދެއްތޯ މަސައްކަތް ކުރެވޭނީ. އެހެންވީމާ އެމީހުންނަށްވެސް އެ ފުރުސަތު އޮންނަ ގޮތަށް މިހާރު މިއޮތީ.

ޢާޒިމް

އާޒިމް ވިދާޅުވީ، އިންސާފުވެރި ކަމާ، ހަމަހަމަ ކަމާއެކު ކަންކަން ކުރިއަށް ދާނީ، މާރުކޭޓްތަކުގައި ވެސް ބިދޭސީންނަށް ވަޒީފާ އަދާކުރެވޭ ގޮތަށް އޮވެގެން ކަމަށެވެ. 

އަދި މާރުކޭޓުތަކުގައި ބިދޭސީން ތިބެނީ އެތަން ހިންގަން ކަމަށާ، ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީންނަށް ތިބެވޭއިރު، ”ގާނޫނު އިމްޕްލަމަންޓް ކުރާއިރު، ހުރިހާ ތަނަކަށް އެއްގޮތްކޮށް“ ޢަމަލުކުރަންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ފިހާރަތަކާއި މާރުކޭޓުގައިވެސް ބިދޭސީން ތިބެނީ ދިވެހިން ނުލިބޭތީ ކަމަށާ، ދިވެހިން ލިބޭނަމަ އެގޮތަށް ނުތިބޭނެ ކަމަށެވެ. އަދި ދާދިފަހުން ގުރައިދޫގައި އެފަދައިން ތިބޭ ބިދޭސީން ނެގުމުން، ވިޔަފާރިތައް ހުއްޓިގެން ދިޔަކަމަށާ، ކަންކަން ތަންފީޒުކުރަންވާނީ ގައުމު ހިނގާނެ ގޮތަކާމެދު ވިސްނުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.