މިލަންދޫގައި މާލި ނެގުން
ހަބަރު
04 Jun 2026 | 20:44
އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321،000ރ، މާލި ނެރެ ދަފިނަގަން ލައްކައެއް

މި އަހަރުގެ ބޮޑު އީދު ފާހަގަކުރަން މިލަންދޫ ކައުންސިލުން 321,000 ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މިލަންދޫ ކައުންސިލުން ވަނީ މި އަހަރުގެ ބޮޑު އީދު ފާހަގަކުުމަށް ކޮންޓްރެކްޓް އުސޫލުން ހިންގި ހަރަކާތްތަކަށް ހިނގި ހަރަދުތައް ހާމަކޮށްފަ އެވެ. އެގޮތުން ކޯޑި ނެރުމާއި މާލި ނެށުމަށް 34,499 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެކަން ހަވާލުކުރީ އާރޯ ކިޔާ ގުރޫޕަކަށެވެ.

ދަފިނެގުމުގެ ހަރަކާތަށް 49,451 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެކަން ވެސް ހަވާލުކުރީ އާރޯއާ އެވެ.

ވާދެމުމުގެ މުބާރާތް ބާއްވަން 44,500 ރުފިޔާ ހަރަދުކުރި އެވެ. އެ މުބާރާތް ކަންކަން ހަވާލުކުރީ ހިސް ސްޓާ އިންވެސްޓްމަންޓާ އެވެ.

ޑީސްޓިންގްންސްޑް ސްޕޯޓްސް ގަބީލާއާ ހަވާލުކޮށްގެން ބޭއްވި އާއިލީ ހަވީރަށް 179,990 ރުފިޔާ ހަރަދުކުރި ކަމަށް ވެސް ބުންޏެވެ. އަދި ޑިވޯފް ކިޔާ ބަޔަކަށް ގްރެސް ޑިޒައިންގެ މަސައްކަތަށް 13,500 ރުފިޔާ ހަރަދުކުރި ކަމަށް ވަނީ ބުނެފަ އެވެ.

އެހެން ކަމުން ބޮޑު އީދު ފާހަގަކުރުމަށް މިލަންދޫ ކައުންސިލުން ވަނީ 321,940 ރުފިޔާ ހަރަދުކޮށްފަ އެވެ.

ބައެއް ކައުންސިލުން މި ފަހަރު ވަނީ ނަށާ ގުރޫޕްތަކާއި ބޮޑުބެރު ގުރޫޕްތައް އަދި މިއުޒިކު ބޭންޑްތައް ގެންނަން ވަރަށް ބޮޑު ހަރަދެއް ކޮށްފަ އެވެ. އަދި މާލި ނެރުމާއި ކުލަ ޖެހުމާއި އެ ނޫންވެސް އީދު ދުވަހާއި ނުގުޅޭ އެތައް ކަމެއް ކުރުމަށް ބޮޑު ހަރަދެއް ކޮށްފަ އެވެ.

ކޮމެންޓް
މޫސާރަޝީދު
އަނގަޔާއި އަތާ ދިމާނުވެ އޮތްނަމަ މިޚަރަދު ނުކުރެވޭނެ ކަމަށް މީހުންކިޔާ!
04 Jun 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.