ޖަޕާނުގެ ގައުމީ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން- ފޮޓޯ/ އިންޓަނެޓް
ކުޅިވަރު
07 Jun 2026 | 09:49
ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޖަޕާނުން ވޯލްޑްކަޕް ފަރިތަކުރުންތައް އެހެން ދަނޑަކަށް ބަދަލުކޮށްފި

ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ޖަޕާންގެ ގައުމީ ފުޓްބޯޅަ ޓީމުން މެކްސިކޯގެ މޮންޓެރޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެއްސި ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން، ޕްރެކްސްޓިސްތައް އެހެން ދަނޑަކަށް ބަދަލުކޮށްފިއެވެ.

އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖަޕާން ޓީމުން އެންމެ ފުރަތަމަ ފަރިތަކުރުންތައް ބޭއްވުމަށް ހަމަޖެއްސީ މެކްސިކޯގެ ކްލަބެއް ކަމަށްވާ 'ޓައިގްރެސް ޔޫއޭއެންއެލް' ގެ ދަނޑުގައެވެ.

ނަމަވެސް، ބުދަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ދަނޑުގެ ވިނަގަނޑު އެއްވަރު ނޫންކަމާއި، ބައެއް ސަރަހައްދުތަކުން ވިނަ ނެތި ވެލިގަނޑު ފެންނަން އޮތުމުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ.

މި މައްސަލައާ ގުޅިގެން ޖަޕާންގެ ވަފުދުން މިހާރު ވަނީ 'އެލް ބަރިއަލް' ނަމަކަށް ކިޔާ، މޮންޓެރޭ ކްލަބުގެ ޓްރޭނިންގް ދަނޑަށް ފަރިތަކުރުންތައް ބަދަލުކޮށްފައެވެ.

ޖަޕާންގެ ޓެކްނިކަލް ޑައިރެކްޓަރ މަސަކޫނީ ޔަމަމޯޓޯ ވިދާޅުވީ، ދިމާވި މި އިދާރީ ބަދަލުތަކުގެ ސަބަބުން ޓީމަށް އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށާއި، ޓީމު އޮތީ ސާބިތުކަމާއެކު ކަމަށެވެ.

"މި ނިންމުން ނިންމީ ކުޅުންތެރިންނަށް އެންމެ ރަނގަޅު މާހައުލެއް ހޯދައިދިނުމުގެ ގޮތުން،" ޖަޕާނުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވިއެވެ.

ދަނޑުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވި މި ހާދިސާ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ޓައިގްރެސް ކްލަބަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ވޯލްޑް ކަޕަށް ތައްޔާރުވާ ބައިނަލްއަގުވާމީ ޓީމަކަށް މިފަދަ ދަށް ފެންވަރެއްގެ ދަނޑެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ޖަޕާނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 14 ވަނަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނެއެވެ. އޭގެ ފަހުން ޖޫން 20 ގައި މޮންޓެރޭގައި ޓިއުނީޝިއާއާ ދެކޮޅަށް ކުޅުމަށްފަހު، ޖޫން 25 ގައި ސްވިޑަންއާ ދެކޮޅަށް ކުޅުމަށް އެ ޓީމު އަނބުރާ ޓެކްސަސްއަށް ދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.