މެޑަމް ސާޖިދާ މުޙައްމަދު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
07 Jun 2026 | 16:20
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް، އެއީ ޤައުމުގެ ތަހުޒީބީ ސިފަ: މެޑަމް ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ޞިއްޙީ ކަމެއް ނޫން ކަމަށާއި، އެއީ ޤައުމެއްގެ ތަހުޒީބާއި އިންސާނީ އަޚުލާޤު ހުރި މިންވަރު އަންގައިދޭ މުހިންމު ބަހާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ފަސްޓްލޭޑީ ވަނީ މި އަހަރުގެ ދުވަހުގެ ޝިޢާރު ކަމަށްވާ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ޙައްލެއް" މި މައުޟޫޢުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އެ ޤައުމެއްގެ ހޭލުންތެރިކަމާއި، ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު ބުނެދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިފަދަ ރީތި އާދަތަކަކީ ޅަފަތުގެ ތަރުބިއްޔަތުން ފެށިގެން، މަދަރުސާތަކާއި މުޖުތަމަޢުގެ ތެރެއިން އަށަގަންނުވަންޖެހޭ ކަންކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ފަންނީ އިންސާނީ ޤާބިލުކަމާއި ވަސީލަތްތައް ނެތުމުގެ އިތުރުން، ހަރުދަނާ ޤަވާއިދުތަކެއް ނެތުމަކީ މިކަމަށް އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް، ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މިހާރު އެކުލަވާލަމުންދާ އުޞޫލުތަކުގެ ސަބަބުން މި ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެކަމަނާ ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން ބޮޑެތި މާކެޓްތަކަށް އެކްސްޕޯޓް ކުރުމުގައި ހުރަސްތަކެއް ހުރި ނަމަވެސް، އައު ޓެކްނޯލޮޖީއާއެކު ގޭގޭގެ ފެންވަރުގައި ދަނޑުވެރިކަން ކުރުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް މިފަދަ ކަންކަމަށް މަގުފަހިވަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރޭން ފެށިގެން، މުޅި ޤައުމީ ފެންވަރުގައި އޮންނަން ޖެހޭ ތަހުޒީބީ ސިފައެއް،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، "ދަނޑުން ސުފުރާއަށް" ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ރަސްމީ އިދާރާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ކޮންމެ ފަރުދެއްގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.