ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު --
ހަބަރު
07 Jun 2026 | 16:38
ތަހުޒީބުވުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރުގައި ކަށަވަރުވުން: މެޑަމް ސާޖިދާ

ގައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރުގައި ކަށަވަރުކޮށްދެއްވިފައިވާ ނަމަ، އެ ކަމުން ބުނެދެނީ އެ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ފ. ނިލަންދޫގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއްގެ ސިއްހަތާ ގުޅޭ ކަމެއް ނޫން ކަމަށާ އެއީ އެއަށް ވުރެ އޭގެ މާނަފުޅާ ކަމެއް ކަމަށެވެ.

"ގައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރުގައި ކަށަވަރުކޮށްދެއްވިފައިވާ ނަމަ، އެ ކަމުން ބުނެދެނީ އެ ގައުމެއް ތަހުޒީބުވެފައިވާ މިންވަރު. އިންސާނީ އަހްލާގު އެ ގައުމެއްގައި ހަރުދަނާ ކުރެވިފައިވާ މިންވަރު. ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު. އެހެންވީމާ ހަގީގަތުގައި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގައުމެއްގެ ހޭލުންތެރިކަމާއި އަހްލާގާއި ތަހުޒީބާ ވެސް ގުޅިފައި އޮންނަ ކަމެއް," 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު --

މީގެ އިތުރުން އެކަމަނާ ވިދާޅުވީ ދިރިއުޅުމުގެ ރީތި އާދަތައް ހަގީގަތުގައި ފެށެނީ ޅަފަތުގެ ތަރުބިއްޔަތުން ކަމަށާ މި ކަން އަށަގަންނަވައި ހަރުލައްވަނީ މަދަރުސާގެ ތެރޭން ކަމަށެވެ. އޭގެ އިތުރަށް ދައުލަތުގެ ފެންވަރެއްގައި ސަރުކާރުން އުފައްދަވާ ގާނޫނުތަކާއި އުސޫލުތަކާ ސިޔާސަތުތައް ހުންނަ ކަން ފާހަގަ ކުރެއްވި އެވެ.

މިކަންކަމަކީ މީހުން ހޭލުންތެރިކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވާ ހިތްވަރުދީ، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކުލަވާލާ ތަންފީޒުކުރެވޭ ކަންކަން ކަމަށާ ގައުމެއް ރަނގަޅަށް ބިނާކުރުމަށްޓަކައި މިފަދަ ބޭނުންތެރި ގާނޫނުތަކާއި އުސޫލުތަކަށް ތަރުހީބު ދޭންޖެހޭ ކަމުގައި ވިދާޅުވި އެވެ.

"ހަގީގަތުގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް އުނިކަން ލިބޭ ސަބަބުތައް ވެސް ވަރަށް ތަފާތު. ބައެއް ފަހަރަށް އެކަށޭނަ އިލްމީ ފަންނީ އިންސާނީ ގާބިލުކަން ނެތުން. ބައެއް ފަހަރަށް އެކަށޭނަ ވަސީލަތްތައް ނެތުން. އަނެއް ބައި ފަހަރަށް ހަރުދަނާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް ނެތުން ހިމެނޭ. އަދި ހަމަ އެހެންމެ ޤަވާއިދުތައްހުރެފައިމެ، އެ ގަވާއިދުތައް އެކަށައެޅިފައި ހުންނަ ގޮތުން، ކޮންމެ ވެސް ހުސްޖާގައެއް އޮންނާތީ، ތަންފީޒުނުކުރެވޭ ހާލަތުވެސް އާދޭ," ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު --

ނަމަވެސް މިއަދު ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު އެކުލަވާލަމުންދާ ގަވާއިދުތަކާއި އުސޫލުތަކަކީ ކުރިޔަށްވުރެ ރަނގަޅަށް މިކަން ހަރުދަނާ ވެގެން ދާނެ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ޖިއޮގްރަފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުންނާއި އެ ނޫން ވެސް ބައެއް ސަބަބުތަކާ ހުރެ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދައި ބޭރުގެ ބޮޑެތި މާކެޓުތަކަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނަނީ ހަނިކޮށް ކަން ފާހަގަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އެކަން އެގޮތަށް އޮތް ނަމަވެސް މިހާރު ޓެކްނޯލޮޖީ ފަހިވެފައިވާ މިންވަރަށް ބަލާ އިރު، މަސްވެރިކަމުގެ ބައެއް ބާވަތްތައް ވެސް، އަދި ހާއްސަކޮށް ދަނޑުވެރިކަމުގެ ބައެއް ވިޔަފާރި ވެސް ހަމަ އާންމު ގޭގެ ފެންވަރުގައި ކުރާކަށް ދައްޗެއް ނޫން ކަމަށެވެ.

"ވަންގަވް ޕޯޓަލް މި ކަމަށް މަގުފަހިކުރާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އަދި މި ދާއިރާއަކީ އަޅުގަނޑު ވެސް މަސައްކަތްކުރާދާއިރާ ކަމަށްވީތީ، މި ދާއިރާގައި ރާއްޖެއަށް ހުރި ގިނަ ގޮންޖެހުންތަކާއި، އަދި ޒަމާނާއެކު ހުޅުވެމުން އަންނަ ފުރުސަތުތައް ވެސް ހިޔާލަށް އާދޭ," ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.