މީކާއިލްގެ ކެމްޕެއިންގެ ތެރެއިން- ފޮޓޯ/ އެމްޑީޕީ
ހަބަރު
08 Jun 2026 | 15:32
ހަރުގެ ތަކުގައި ވޯޓުފޮށި ބަހައްޓަނީ ކޮމިޓީގެ ނިންމުމާ ޚިލާފަށް؛ އަވަސް ހައްލެއް ބޭނުންވޭ: މީކާއީލް

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައެއް ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓުމާ މެދު އިންތިޚާބާ ބެހޭ ކޮމިޓީގެ ނިންމުމާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށް ބުނެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ޝަކުވާ ހުށަހަޅައިފިއެވެ.

އެމްޑީޕީ ޗެއާޕާސަނަށް މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އިންތިޚާބުގައި ވާދަވެރިކަން ބޮޑުވެފައިވާތީ އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައި ވަނީ ކޮންމެ ރަށެއްގެ ވެސް ސްކޫލްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ކޮމިޓީގެ އެ ނިންމުމާ ޚިލާފަށް ބައެއް ރަށްރަށުގައި ހަރުގޭގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް  އޭނާ ވިދާޅުވިއެވެ. 

މި ގޮތަށް ކޮމިޓީގެ ނިންމުމާ ޚިލާފަށް ހަރުގޭގައި އިންތިޚާބު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވާ ރަށްތަކަކީ، ފ. ފީއަލި، ލ. އިސްދޫ ދާއިރާގެ އިސްދޫ އަދި ކަލައިދޫ ގއ. ވިލިނގިލި ދާއިރާގެ ވިލިނގިލި އަދި ލ. ގަމު ދާއިރާގެ މަތިމަރަދޫއެވެ.

އިންތިޚާބުގައި، ވޯޓުލުމާއި، ވޯޓުގުނުމުގެ ކަންކަން ވީހާވެސް އިންސާފުވެރިކޮށް، އަދި ޑިމޮކްރެޓިކް ހަމަތަކާއި، އެއްގޮތަށް، ކުރިޔަށް ގެންދިއުމުގެ މަގުސަދުގައި، ނިންމާފައިވާ މިފަދަ މުހިއްމު ނިންމުންތަކާއި ޚިލާފަށް އަދި މުޅި ރާއްޖޭގެ އެތައްރަށެއްގައި އެތައް ވޯޓް ފޮއްޓެއް ކޮމެޓީގެ ނިންމުމާއި އެއްގޮތަށް، މުއައްސާއަކުގައި ބެހެއްޓުމަށް ނިންމާފައިވަނިކޮށް އެ ހަތަރު ރަށުގައި މަގުބޫލު ސަބަބެއްނެތި ކޮމެޓީގެ ނިންުމާއި ޚިލާފަށް ފޮށި ބެހެއްޓުމަށް ނިންމާފައިވުމަކީ މިކަމާއިމެދު އަޅުގަނޑު ކަންބޮޑުވާ، އަދި ހައްލެއް ބޭނުންވާ ކަމެއްކަމުގައި ދަންނަވަމެވެ

މީކާއިލް

މީކާއީލް ވިދާޅުވެފައި ވަނީ ވަކިން ޚާއްޞަކޮށް ފ. ފީއަލީގެ ކެމްޕެއިނުގައި ކުރެއްވި ދަތުރުގައި އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން ފާޅުގައި ވޯޓު ފޮށްޓަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ވޯޓުލާ މަރުކަޒު މި ގޮތަށް ބަދަލުކުރުމަކީ އެ ބުނުމަށް ބާރު ލިބޭ ކަމެއް ކަމަށާއި ވީހާ ވެސް އަވަހަކަށް އެކަން އިސްލާހުކޮށް ބަދަލުކުރުމަށް އެދޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.