އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ތެރެއިން- ފޮޓޯ/ ވޮއިސް
ހަބަރު
09 Jun 2026 | 13:54
މީކާއީލްގެ ޝަކުވާއާއެކު ހަރުގެ ތަކުގައި ބަހައްޓާ ވޯޓު ފޮށިތައް ސުކޫލްތަކަށް ބަދަލުކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ބައެއް ރަށްރަށުގައި ވޯޓު ފޮށިތައް ހަރުގެ ތަކުގައި ބަހައްޓާތީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް ޝަކުވާ ހުށަހެޅުއްވުމާ ގުޅިގެން ފޮށިތައް ބަހައްޓާތަން ބަދަލުކޮށްފިއެވެ. 

ޗެއާޕާސަން އިންތިޚާބުގައި ވާދަވެރިކަން ބޮޑުވެފައިވާތީ އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައި ވަނީ ކޮންމެ ރަށެއްގެ ވެސް ސްކޫލްގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް ކޮމިޓީގެ އެ ނިންމުމާ ޚިލާފަށް ބައެއް ރަށްރަށުގައި ހަރުގޭގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަން މީކާއީލް ވަނީ ފާހަގަކުރައްވާފައެވެ. 

މި ގޮތަށް ކޮމިޓީގެ ނިންމުމާ ޚިލާފަށް ހަރުގޭގައި އިންތިޚާބު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވާ ރަށްތަކަކީ، ފ. ފީއަލި، ލ. އިސްދޫ ދާއިރާގެ އިސްދޫ އަދި ކަލައިދޫ ގއ. ވިލިނގިލި ދާއިރާގެ ވިލިނގިލި އަދި ލ. ގަމު ދާއިރާގެ މަތިމަރަދޫއެވެ.

އެކަމަށް ހައްލެއް ހޯދައިދޭން އެދި ޗެއާޕާސަނަށް މީކާއީލް ސިޓީ ފޮނުއްވާފައިވާއިރު، މިހާރު އެ ފޮށިތައް ބަހައްޓާތަން ބަދަލުކުރެވިފައިވާ ކަމަށް އެމްޑީޕީން ވަނީ އިއުލާން ކޮށްފައެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އޮންނާނީ 12 ޖޫން 2026 ވާ ހުކުރު ދުވަހުއެވެ. މަގާމަށް ވާދަކުރައްވަނީ މީކާއީލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.