ޝަމްއާން ވަހީދު
09 Jun 2026 | 19:14
ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ހިންގާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު އޮތް ދައުވާ ސާބިތުވޭތޯ ކަނޑައެޅުމުގެ އަޑުއެހުމުގައި އެ ތިން ދައުވާ ވެސް ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

އޭގެ ފަހުން ވަނީ އަދަބު ކަނޑައެޅުމުގެ ބައި ކުރިއަށް ގެންގޮސްފަ އެވެ. މައްސަލަ ބެއްލެވި ގާޒީ ވަނީ ތިން ދައުވާއަށް ވެސް ޝައްމާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅާފަ އެވެ. އެއީ އޭނާގެ ސަބަބުން ދައުލަތުގެ އިދާރާއެއްގެ އަގު ވެއްޓިފައިވާތީ އެވެ.

*  މަނީ ލޯންޑްރިންގެ ދައުވާ - 15 އަހަރުގެ ޖަލު ހުކުމެއް

* ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ - 2 އަހަރުގެ ޖަލު ހުކުމެއް

* ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ - 8 އަހަރުގެ ޖަލު ހުކުމެއް

މީގެ އިތުރުން 500,000ރ ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ. އެ ފައިސާ ހަ މަސް ދުވަސްތެރޭ ދައްކަން ޖެހެ އެވެ. އަދި ބިދޭސީ މީހާގެ އަތުން އަތުލި ކަމަށް ބުނާ 500,000ރ ވެސް ދައުލަތަށް ނަގަން ވަނީ އަންގާފަ އެވެ. އެ ފައިސާ ދައްކަން ޝައްމާނަށް ދިނީ ތިން ދުވަހުގެ މުއްދަތެކެވެ.

ޝަމްއާން އިންކާރުކުރޭ, ގިނަ ތުހުމަތުތަކެއް

ޝައްމާންގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އޭނާ އިންކާރުކުރެ އެވެ. އަދި ތިން ދައުވާއަށް ވެސް އިންކާރު ކޮށްފައިވެ އެވެ. ޝަމްއާން ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވީ "ފްރޭމް" ކޮށްގެންނެވެ.

އަދި ހުކުމްކުރުމުގެ އަޑުއެހުމަށް ވަނުމުގެ ކުރީން ނޫސްވެރީންނާއި ބައްދަލުކުރި އެވެ. ވިދާޅުވީ ބިދޭސީންގެ ކޯޓާއިން ހޯމް މިނިސްޓަރު އަލީ އިހްސާން "ވައްކަން" ކުރަމުންދިޔަ ކަމަށާ އެކަން ރައީސްގެ ސަމާލު ކަމަށް ގެނައި ކަމަށެވެ.

އަދި ބޮޑާ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަށް މިނިސްޓަރު އިހްސާން އާއި ބަންޑާރަ ނާއިބު އުޝާމް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ރައީސަށް އެނގޭނެ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންކަމުގައި ރައީސް ވެސް ބައިވެރިވާ ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދޮގުކުރެއްވި އެވެ. ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ