ޝާހިދު އިންޑިއާގެ ގްލޯބަލް ސަމިޓުގައި ބައިވެރިވެ، މޯދީއާ ބައްދަލުކުރެއްވުން --- ފޮޓޯ/ އަބްދުﷲ ޝާހިދު
ހަބަރު
10 Jun 2026 | 11:14
މޯދީގެ ކާމިޔާބީއަށް ޝާހިދު؛ ރަމްޒުކޮށްދެނީ މޯދީގެ ދުރުވިސްނޭ ޙިކުމަތާ މިންނެތް މަސައްކަތް

މަޤާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ ޖެހިޖެހިގެން 4،399 ދުވަސް ވަންދެން މަޤާމުގައި ދެމިހުންނެވި މި ތާރީޚީ ދުވަހާ ގުޅިގެން ޝާހިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ކާމިޔާބީން ރަމްޒުކޮށްދެނީ އާންމު ޚިދުމަތުގައި މޯދީ ހޭދަކުރެއްވި ދިގު އަހަރުތަކާއި، ދުރުވިސްނޭ ހިކުމަތްތެރި ލީޑަޝިޕް އަދި އިންޑިއާގެ ކުރިއެރުމަށް ކުރައްވާ މިންނެތް މަސައްކަތް ކަމަށެވެ. މިއާއެކު މޯދީ ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަހު ޖެހިޖެހިގެން ބޮޑުވަޒީރުކަން ކުރެއްވި ލީޑަރަށެވެ.

ބޮޑުވަޒީރު މޯދީގެ ލީޑަޝިޕްގެ ދަށުން އިންޑިއާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އިންޑިއާއިން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އާ އީޖާދުތަކާއި ޑިޖިޓަލް ރޮނގުންނާއި އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އިންޑިއާގެ ޚާރިޖީ ސިޔާސަތު ވަރުގަދަކޮށް، އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދުނިޔޭގެ ކުރިއަރާފައިވާ ބާރެއްގެ ގޮތުގައި އިންޑިއާގެ މަޤާމު އުފުލައިދީފައިވާކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ މެސެޖުގައި، އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖެއަށް އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ބޮޑުވަޒީރު މޯދީ ތަކުރާރުކޮށް ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ކުރިއަށްވުރެ ފުޅާވެ، އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި، ރާއްޖޭގެ އެންމެ އިތުބާރު ހުރި އަވަށްޓެރިޔާގެ ގޮތުގައްޔާއި، ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ ގޮތުގައި، އަދި ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާގެ ދައުރު ބޮޑުވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.