ޔޫތް ހަބް ޕޯސްޓަރ
ހަބަރު
10 Jun 2026 | 13:12
ޔޫތު ހަބްގައި ވޯލްޑް ކަޕް ބަލަން ޚާއްޞަ 'ވޮޗް ޕާޓީ' އެއް ބާއްވަނީ

ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރި ދިވެހި ޒުވާނުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ޚާއްޞަ 'ވޮޗް ޕާޓީ' ސީރީޒްއެއް ބޭއްވުމަށް ނިންމައިފިއެވެ.

ލިލީމަގުގައި ހުންނަ ޔޫތު ހަބްގައި ކުރިއަށްދާ މި ހަރަކާތަކީ ޖޫން 11 އިން ޖުލައި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި މުއްދަތުގެ ތެރޭގައި ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އެއްފަހަރާ 250 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި ބާއްވާ ވޮޗް ޕާޓީއަކީ މުޅިން ހިލޭ، ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ހުޅުވާލެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. 

މެޗުތައް ދެއްކުމުގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ބައިވެރިންނަށް ހިލޭ ބުއިމާއި ކާބޯތަކެތި ލިބޭނެ ސްޓޯލްތަކެއް ހުންނާނެ ކަމަށް ވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި ތަފާތު ކުޅިވަރުތަކާއި، ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ރޭވިފައެވެ. މިގޮތުން ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކުގެ ތެރޭގައި މުބާރާތުގެ ރަސްމީ ފުޓްބޯޅައާއި، 'ޔޫތު ބައި ޖިމްނޭޝިއާ'ގެ އެއް މަސްދުވަހުގެ ހިލޭ ޖިމް މެންބަރޝިޕް ހިމެނެއެވެ.

މި ހަރަކާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި، ފާހަގަކޮށްލެވޭ އެތުލީޓުންގެ އިތުރުން ދައުވަތު އެރުވޭ ޚާއްޞަ މެހެމާނުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މުބާރާތް ކުރިއަށްދާ މުއްދަތުގައި ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ޚާއްޞަ ކުޑަކުދިންގެ ހަވީރުތަކެއް ވެސް ޔޫތު ހަބްގައި ކުރިއަށްދާނެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ޒަރީޢާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، ހިތްހަމަޖެހޭ މާހައުލެއް ބިނާކޮށްދިނުން ކަމަށެވެ.

މި ބޮޑު ހަރަކާތް ކުރިއަށްގެންދިއުމުގައި ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަން ލިބެމުންދާކަން ވުޒާރާއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ޕީއެސްއެމް، މީޑިއާނެޓް، ޓީވީއެމް، ބްރިޓިޝް ހައި ކޮމިޝަން، ވިލާ ކޮލެޖް، އެލައިޑް އިންޝުއަރަންސް، ލިޓަސް، އައިސް ނެޓްވޯކް، ކޮކާކޯލާ، ބީއެމްއެލް، ޕްރޮކްސީ ހޯމް، މޯލްޑިވްސް ޕޯސްޓް އަދި އެފްއޭއެމް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.