އެޑިއުކެޝަން މިނިސްޓަރު އިސްމާއީލް ޝަފީއު
ހަބަރު
13 Jun 2026 | 13:49
ކޮރަޕްޝަން ނައްތާލެވޭނީ، ސިވިލް ސާވިސް މުއައްޒަފުންނަށް: ޝަފީއު

ރާއްޖެއިން ކޮރަޕްޝަނުގެ ވަބާ ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސްގެ މުއައްޒަފުންނަށްކަމަށް ތައުލީމާ ބެހޭ ވަޒީރު، ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިއަދު ފެށި މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮތްނަމަވެސް ސަރުކާރުން ރައްޔިތުންނަށްދޭ ހިދުމަތްތައް ދޭ ބަޔަކީ ސިވިލް ސާވިސްގެ މުއައްޒަފުންކަމަށެވެ. ވަޒީރު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ފައިސާ ލިބޭ ރައްޔިތުންގެ އޮފީހަކަށް ހާޒިރުވާ ކޮންމެ މުވައްޒަފެއްގެ ފަރާތުން ރައްޔިތުން އެދޭނީ ހަލުވިކަމާއެކު މަސައްކަތް ކުރުންކަމަށެވެ. އެގޮތުން ސިވިލް ސާވިސް މުއައްޒަފުންގެ ފަރާތުން ރައްޔިތުން އެދެނީ ފަރުވާތެރިކަމާއެކު ހިދުމަތް ދިނުންކަމަށެވެ.

ސިވިލް ސާވިސް ދާއިމީ މުވައްޒަފުންގެ ގޮތުގައި 32،000 އަދި ކޮންޓްރެކްޓް މުއައްޒަފުންނާއެކު 35،000 މުއައްޒަފުން އުޅޭނޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބިދޭސީންވެސް ހިމެނޭގޮތަށް އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވަންޓެއް އެބަހުރިކަމަށެވެ. އެގޮތުން މިއީ ވަރަށްބޮޑު އަދަދެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުި ވިދާޅުވީ ރައްޔިތުން ސިވިލް ސަރވިސްގެ ދާއިރާއަށް ކުރާ އިތުބާރަށް ވުރެ ބޮޑަށް އިތުބާރު ކުރެވޭ ގޮތަށް ސިވިލް ސާވިސް މުއައްޒަފުންގެ މަސައްކަތް ބައްޓަންކުރަން ޖެހޭަކަމަށެވެ. މާލީބޮޑެތި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވަނީ އިދާރީ ނިޒާމްގެ ތެރެއިން ހިންގޭ ނޭދެވޭ ކަންތައްތަކުގެ ސަބަބުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އިދާރީ ހިންގުން ކޮރަޕްޝަންގެ ތެރެއަށް ނުވަންނަނަމަ މާލީގޮތުން ކޮރަޕްޝަން ހިންގުން ބަންދުކުރެވޭނޭކަން ވަޒީރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސްގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވާއިރު، 8 ދާއިރާއަކުން ދިރާސާ ކަރުދާސް ވަނީ ހުށަހަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.