ދުނިޔެ
17 Jun 2026 | 09:09
އެމެރިކާ-އިރާން އެއްބަސްވުން؛ އިރާނުން ޑިމާންޑް ކުރަނީ 300 ބިލިއަން ޑޮލަރުގެ ފަންޑެއް: ރިޕޯޓް

އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން 300 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

އަދި މި ފަންޑަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އަދަދެއް މިހާރު ވެސް ކަށަވަރުވެފައިވާ ކަމަށް އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވެއެވެ.

މި ފަންޑަކީ ދެ ފަރާތުގެ ދެމެދުގައި އެންމެ ފަހުގެ އެއްބަސްވުމަކަށް އައުމަށްޓަކައި އިޤްތިޞާދީ ގޮތުން ބާރުއެޅުމަށް އުފައްދާ ފަންޑެއް ކަމަށް، ނަން ހާމަނުކުރުމަށް އެދި މަޢުލޫމާތު ދިން މަސްދަރަކުން ބުނެފައިވެއެވެ. މިއަންނަ ހުކުރު ދުވަހު ވޮޝިންޓަނާއި ތެހެރާނުން މި އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާއިރު، މި މަޝްރޫޢު އަދި ރަސްމީކޮށް އިޢުލާންކޮށްފައި ނުވެއެވެ.

މި އައު ފަންޑަކީ އަމިއްލަ އިންވެސްޓްމަންޓްތަކަށް ޚާއްޞަ ވަޞީލަތެކެވެ. މިއީ ބަދަލު ދިނުމުގެ ޕްރޮގްރާމެއް ނޫނެވެ. އަދި މީގައި ސަރުކާރުގެ އެއްވެސް ފައިސާއެއް ނުވަތަ ހިލޭ އެހީއެއް ނުހިމެނޭނެ ކަމަށް އެ މަސްދަރުން ބުންޏެވެ. މީގެ އިތުރުން، އެމެރިކާ، ޢަރަބި ޤައުމުތައް، އޭޝިއާ، ދެކުނު އެމެރިކާ އަދި އެފްރިކާގެ ކުންފުނިތަކުން މި ފަންޑަށް ފައިސާ ހޭދަކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް އެ ފަރާތުން ހާމަކުރިއެވެ.

އިންވެސްޓްކުރުމަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ ތެރޭގައި ހަކަތަ، ލޮޖިސްޓިކްސް، އުފެއްދުންތެރިކަން އަދި ދަތުރުފަތުރުގެ ދާއިރާ ހިމެނޭ ކަމަށް އެ މަސްދަރުން ބުންޏެވެ.

އީރާނުގެ އިސް މަސްދަރަކުން ރޮއިޓާސްއަށް މަޢުލޫމާތު ދިން ގޮތުގައި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެމެރިކާ އަތުން 400 ބިލިއަން ޑޮލަރު ހޯދުމަށް އީރާނުން ކުރިން އެދުނެވެ. ނަމަވެސް، އެ ފައިސާ ނުދެވޭނެ ކަމަށް ވޮޝިންޓަނުން ވަނީ ބުނެފައެވެ.

މި ފަންޑަށް ދީފައިވާ ނަމަކީ "ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ފަންޑް" އެވެ 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ