މުބަރާތުން އެއްވަނަ ހޯދި ޓީމަށް އިނާމް ހަވާލުކުރުން... ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ހަބަރު
20 Jun 2026 | 10:11
ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތުން އެއްވަނަ ތުޅާދޫއަށް

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފަރުމަސް ބޭނުމުގެ މުބާރާތުގެ އެއްވަނަ ބ.ތުޅާދޫގެ ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގައި ތުޅާދޫއިން ބައިވެރިކޮށްފައިވަނީ، "ދޮން އިސްމާއީލް" ޓީމެވެ. މި މުބާރާތުގައި މަސްބޭނުން ކުރިއަށްގެންގޮސްފައިވަނީ އިއްޔެ މެންދުރުފަހު 15:00 އިން ފެށިގެން ރޭގެ 21:00 ގެ ނިޔަލަށެވެ. ވަގުތު ހަމަވިއިރު ދޮން އިސްމާއީލްގެ ޓީމުން ވަނީ 214 ކިލޯގެ މަސް ބާނާފައެވެ.

ރޭ ވަނީ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ދީފައެވެ. އިނާމް ހަވާލުކޮށްދެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

1 ވަނަ: ބ.ތުޅާދޫ ، ދޮންއިސްމާއިލް

2 ވަނަ: ޏ.ފުވައްމުލަކު، މެޖިކްލީން

3 ވަނަ: ތ.ހިރިލަންދޫ، ކަޅަކައުންޑު

މި މުބާރާތުގެ އެއްވަނައިގެ އިތުރުން އެންމެ ބަރު މަސް ބާނައިގެން އިނާމްގެ ގޮތުގައި ދިން 5 ހާސް ރުފިޔާގެ ފައިސާގެ އިނާމުވެސް ހާސިލުކުރީ ވެސް ތުޅާދޫ ދޮން އިސްމާޢީލް ޓީމުންނެވެ. އެންމެ ބަރުަމސް ބޭނީ، ތުޅާދޫގެ ކެޔޮޅެއްކަމަށްވާ ރިޔާޒް، މުޙައްމަދު ހަބީބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.